ފޮޓޯ: އާބަންކޯ
ފޮޓޯ: އާބަންކޯ
ހަބަރު 17 Jul 2023 | 08:43

ހުޅުމާލޭގައި ލަގްޒަރީ ފްލެޓް އަޅަން ފަސް ބިމެއް އާބަންކޯ އިން ވިއްކަނީ

ހުޅުމާލޭގައި ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް ހެދުމަށް ފަސް ބިމެއް ވިއްކުމަށް ނިންމައި ބީލަމަށް ހުށަހެޅުމުގެ ފުރުސަތު އާބަންކޯ އިން ހުޅުވާލައިފިއެވެ.

އެގޮތުން އިއްޔެ އެ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާޏެއްގައި ބުނެފައިވަނީ ބީލަމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާޅެވިފައި އޮންނާނީ 17 އޮގަސްޓްގެ 14:00 ގެ ނިޔަލަށް ކަމަށެވެ.

މިއާއިއެކު ބީލަމަށް ހުށަހަޅާއިރު ބީލަމުގެ ސެކިއުރިޓީ އާއި ބޭންކް ގެރެންޓީވެސް ހުށަހަޅަން ޖެހޭނެ ކަމަށް އާބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

މި އިމާރާތްތައް ހަދަން ވިއްކާ ފަސް ބިމުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ ދެ ބިމަކާއި ދިރާގު ހުޅުމާލެ އޮފީސް ކުރިމަތީގައި އޮންނަ ތިން ބިމެކެވެ. އެގޮތުން:

- ލޮޓް 10322: 25،660 އަކަފޫޓުގެ ބިމެއް

- ލޮޓް 11808: 24،961 އަކަފޫޓުގެ ބިމެއް

- ލޮޓް 11809: 24،652 އަކަފޫޓުގެ ބިމެއް

- ލޮޓް 11828: 20،727 އަކަފޫޓުގެ ބިމެއް

- ލޮޓް 11829: 23،229 އަކަފޫޓުގެ ބިމެއް

މި ބިންތަކުގައި އަޅައި ފްލެޓްތަކުގައި ފިޓްނަސް ސެންޓަރަކާއި ސްވިމިންގް ޕޫލް އަކާއި ކޮމިޔުނިޓީ ރޫމްއަކާއި ކުޑަ ކުދިންގެ ކުޅޭ ސަރަހައްދެއް ހުންނަސް ޖެހޭނެ ކަމަށް އަރބަންކޯއިން ވަނީ ބީލަމާއި އެއްކޮށް އާންމުކުރި މައުލޫމާތު ކަރުދާހުގައި ބުނެފައެވެ.

މިއާއިއެކު މި ބިންތަކުގައި ހަދަން ޖެހެނީ 2+1 (1،000 އަކަފޫޓް) އާއި 3+1 (1،300 އަކަފޫޓް) ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ.

އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އާބަންކޯ އިން މިހާރު ވެސް އަންނަނީ ހުޅުމާލޭގެ އެކި ތަންތަނުގައި ރެސިޑެންޝަލް އިމާރާތްތައް ހަދަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.