އިސްލާމީ މަރުކަޒަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާގެ ބަންދަށް އެއް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑިކަމު ގޮސްފައިވަނީ ރޭ 22:00 ހާއިރުއެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ އިންޑިއާ ފިރިހެނެެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އެއް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމީ ފުލުހުންގެ ފަރާތުން ތަރުޖަމާނަކު ހަމަނުޖެހުމުން ނެވެ.
މިސްކިތުގެ ހުރުމަތް ކެނޑޭގޮތައް މިސްކިތައް ކުޑަ ކަމުދިޔުމާއި, ބޮޑު ކަމުދިޔުމުގެ މައްސަލަތައް މިފަހަކަށް އައިސް ދަނީ ފެންމަތިވުމުންނެވެ.
އެގޮތުން މީގެ ކުރިންވެސް މިސްކިތަށް ކުޑަކަމުދިޔަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް އެމީހާ އަކީ ނަފްސާނީ ބަލިމީހެކޭ ބުނެ ފިޔަވަޅު އެދެވޭ ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް