ފޮޓޯ/ ރޮއިޓާސް
ފޮޓޯ/ ރޮއިޓާސް
ދުނިޔެ 17 Oct 2022 | 05:10

ތުރުކިޔޭ މައިނުގައި ހިނގި ޙާދިސާގައި މަރުވި މީހުންގެ ޢަދަދު 41އަށް އަރައިފި

ތުރުކިޔޭގެ އުތުރުގައިވާ ބަރްޓިން ޕުރޮވިންސުގެ ބޯޓުދެލި މަގާ މައިނެއްގެ ތެރޭގައި ބާރުގަދަ އެއްޗެއް ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 41އަށް އަރައިފިއެވެ. ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ މައިންގެ 300 މީޓަރު އަޑީގައެވެ.

މި ހާދިސާގައި މައިނުގައި ތާށިވި އެންމެން މިހާރު ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާ ހިނގިއިރު، ބިމު އަޑީގައި 110 މީހަކު ދިޔައީ މަސައްކަތް ކުރަމުންނެވެ. ހާދިސާ ހިނގުމާއެކު އެއްބަޔަކު އަމިއްލައަށް ވަނީ އެތަނުން ނުކުމެފައެވެ. އަދި ސަލާމަތްވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް މީހުން ސަލާމަތް ކުރުމުގައި މަސައްކަތްކުރި ޓީމުން ބުނެއެވެ.

ތުރުކިޔޭގެ ރަށެއް ކަމުގައިވާ އަމާސްރާގައި ހިނގި މި ހާދިސާގައި މައިންގައި މަސައްކަތް ކުރަމުންދިޔަ 28 މީހަކަށް އަނިޔާވިއެވެ.

މި ހާދިސާ ތަހުޤީޤު ކުރަމުންދާ އިދާރާއިން މީގެ ކުރިން ބުނީ މައިންގެ ތެރޭގައި ބާރުގަދަ ގޮވުމެއް ގޮވާފައި ވަނީ އެ ތަނުގައި ބޭނުން ކުރަމުން ދިޔަ ޓްރާންސްފޯމަރަކަށް ކުރިމަތިވި މައްސަލައަކާ ގުޅިގެން ކަމުގައެވެ. ނަމަވެސް، އެތަނުގަިއ ގޮވުމެއް ގޮވާފައި ވަނީ ނުރައްކާތެރި ގޭހެއް ކަމުގައިވާ މީތޭން ގޭސް އުފެދުމުގެ ސަބަބުން ކަމުގައި އެއިދާރާއިން ފަހުން ވަނީ ރިޕޯޓުކޮށްފައެވެ.

މި މައިނަކީ ސަރުކާރު ހިއްސާވާ ތުރުކީގެ ހާޑް ކޯލް އެންޓަޕްރައިސަސްގެ މައިނެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.