މާލޭގައި ރޭ ދެ މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
މާލޭގައި ރޭ ދެ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ އެންމެ ފުރަތަމަ މާރާމާރީ ހިނގީ މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓްހައުސްއެއްގައި ކަމަށެވެ.
އެ މާރާމާރީ ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 2:38 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މާރާމާރީގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދެވަނަ މާރާމާރީ ހިނގީ މާފަންނު ގެއެއްގައެވެ. ފުލުހުން ބުނީ އެ މާރާމާރީ ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ 3:34 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެމައްސަލަވެސް ތަހުގީގުކުރަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް