ފޮޓޯ: އައްޑޫ މީދޫ ކައުންސިލް
ފޮޓޯ: އައްޑޫ މީދޫ ކައުންސިލް
ހަބަރު 17 Oct 2026 | 14:55

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް

ރާއްޖޭގެ ދަނޑުވެރިކަން މުސްތަޤުބަލުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫސިޓީ މީދޫގައި ބޭއްވި ޚާއްޞަ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާގައި މީދޫއަކީ ފާހަގަކޮށްލެވޭ ފަދަ ދިގު މާޒީއެއް އޮތް ރަށެއް ކަމަށެވެ.

އެގޮތުން މިއަދު ފެންނަމުންދާ ޒަމާނީ ދަނޑުވެރިކަމުގެ ހަރުފަތަށް ވާޞިލުވުމުގައި އެ ރަށުގެ ދަނޑުވެރިން އަގުހުރި، ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މި ޞިނާޢަތުގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ޒުވާނުންގެ ޙިއްޞާއާއި ޒިންމާދާރުކަން ނުހަނު މުހިންމުކަން ފާހަގަކުރައްވައި، ފޮތްތަކުން ލިބޭ ޢިލްމުގެ އިތުރުން ޢަމަލީ ތަޖުރިބާ ހޯދުމަށް އިސްކަންދިނުމަށް ދަރިވަރުންނަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

މުސްތަޤުބަލުގައި ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދަން އެބަޖެހޭ. އެކަން ޙާޞިލުކުރުމުގެ މައިގަނޑު ބަޔަކީ ތިޔަ ލޮބުވެތި ދަރިވަރުން. އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ދަނޑުވެރިކަމުގެ ވެށި ވަރަށް ތަފާތު. ހަމައެއާއެކު، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާނެ ނާޒުކު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އަބަދުވެސް ހަނދާންކުރަންޖެހޭ،

Uploaded image

މި ފޯރަމުގައި، ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ޒަމާނީ އީޖާދުތަކާއި އެ ދާއިރާގެ ކުރިމަގާ މެދު ދެކޭގޮތުގެ މައްޗަށް އެކުލެވޭ ޚާއްޞަ ޕްރެޒެންޓޭޝަނެއް ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ވަނީ ހުށަހަޅައިދީފައެވެ. މީގެއިތުރުން، ދަނޑުވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ޚާއްޞަ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Uploaded image

ދަނޑުވެރިކަމުގެ ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރެއިން ވަޒީރު ވަނީ، ކެނަރީފް ރިސޯޓް މޯލްޑިވްސްގައި ބޭއްވުނު "ވިލުންވެށި ސްކޫލް ގާރޑަން ޕްރޮގްރާމް"ގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

"އެންހޭންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ސްކޫލު މާޙައުލުގައި ދަނޑުވެރިކަން ފުޅާކުރުމާއެކު، މޫސުމީ ބަދަލުތަކަށް ވިލުންވެރިވުމާ ގުޅޭގޮތުން ދަރިވަރުން އަހުލުވެރިކުރުވުމެވެ. މީގެއިތުރުން، ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުމުގެ ރަނގަޅު އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު ލަނޑުދަނޑިއެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން
17 Oct 2026 ހަބަރު

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި އެ އޮފިސަރު ފަސްޖެހުމެއްނެތި ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ވަޒީރު ވަނީ ސާބަސް ދެއްވާފައެވެ

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
17 Oct 2026 ހަބަރު

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި މަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް އެކި ގޮތްގޮތުން އުނދަގޫކުރަމުންދާ މި މީހާގެ މައްސަލަ މީގެކުރިންވެސް އެތައް ފަހަރަކު ފުލުހަށް ހުށަހަޅާފައިވާއިރު، ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ވަނީ އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިއަދުވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި
17 Oct 2026 ހަބަރު

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި

މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރެވިދާނެތޯ ބެލުމަށް އެމްޑަބްލިއުއެސްސީން ދިރާސާއެއް ފަށައިފިއެވެ. މި ޓެކްނޮލޮޖީން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިން 50 އިންސައްތައަށް ދަށްކުރެވޭނެއެވެ.

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި
17 Oct 2026 ހަބަރު

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި

އިސްލާމިކް މިނިސްޓްރީން ބުނީ އެ އެ އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ބޭނުންކުރާނީ މުވައްޒަފުންގެ މުސާރަ ނުހިމަނައި، މިނިސްޓްރީގެ އިދާރީ ހިންގުމާއި އިސްލާމީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. މި ތަސައްވުރުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ވަގުފްގެ 8 މަޝްރޫއެއް ނިންމުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ އެކްސިޑެންޓް
17 Oct 2026 ހަބަރު

މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ އެކްސިޑެންޓް

ފުލުހުންގެ ވެބްސައިޓުގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 2،379 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ. މި އަހަރު ފުލުހުންނަށް ރިޕޯޓުކުރި ޖުމްލަ 9،912 މައްސަލައިގެ ތެރޭގައި ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެންމެ ގިނަ މައްސަލަތަކަކީ ވައްކަމުގެ ކުށުގެ މައްސަލަތަކެވެ. އެގޮތުން، ވައްކަމުގެ 2،753 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި
17 Oct 2026 ހަބަރު

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި

ކައުންސިލުން ކުއްޔަށް ދޫކުރި ބިންތަކުން ލިބެންޖެހޭ ފައިސާގެ މައްސަލާގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް 1.8 މިލިއަން ރުފިޔާ ލިބެންޖެހޭކަމަށެވެ.

އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯއަށް ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި
17 Oct 2026 ހަބަރު

އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯއަށް ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި

އާންމުންނަށް ވޯޓުލެވޭނީ "ޕީއެސްއެމް އެއަރ" އެޕްލިކޭޝަނުންނެވެ. ވޯޓުލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު، ބުރާސްފަތި ދުވަހުގެ ދަންވަރު 00:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަށް 60،000 ރުފިޔާގެ އިނާމެއް ދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ

އިންވަސްޓަރުންނަށް ބިރުދެއްކުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: ސައީދު
17 Oct 2026 ހަބަރު

އިންވަސްޓަރުންނަށް ބިރުދެއްކުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: ސައީދު

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިމަގަށްޓަކައި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރާ މިފަދަ އަމަލުތައް ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.