ކްރިމިނަލް ކޯޓް ހުންނަ އިމާރާތް
ކްރިމިނަލް ކޯޓް ހުންނަ އިމާރާތް
ހަބަރު 17 Oct 2026 | 16:43

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ؛ 4 މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް

ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުތަކުން ހާމަވެއްޖެއެވެ.

ރޭ ފަތިހު ހިނގި މި ހާދިސާގައި. ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައިތިބި މީހުންގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި ސައިކަލު ދުއްވި މީހާއާއި ފަހަތުގައި އިން މީހާ ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ މީގެ އިތުރުން މި މައްސަލާގައި ހިމެނޭ އަނެއް ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ކޯޓު އަމުރުން ވަނީ އެނގިފައެވެ.

ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކުރު މުއްދަތަކަށް ބަންދުކުރީ އެ އެންމެން ވެސް ވަކީލެއް ހޯދުމުގެ ފުރުސަތަށް އެދުނީތީ ކަމަށް އަމުރުގައިވެއެވެ.

ސިނަމާލެ ބްރިޖް ހައިވޭގައި ރޭ ފަތިހު ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުން ފަހަތަށް ޖެއްސުމަށްޓަކައި ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް ބެލެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަރު ވިދާޅުވީ، މި ނުރައްކާތެރި ހާދިސާގައި ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރަށް ވަނީ ސީރިއަސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތްތައް ބިނދިފައިވާކަމަށް ވިދާޅުވިއެވެ. މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ސީޕީ ވިދާޅުވީ، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަން ހުއްޓުވައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށް ބަޔަކު ރާވައިގެން ހިންގި އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި އިތުރު ތިން ސައިކަލެއް ހަރަކާތްތެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވި ފުލުސް އޮފިސަރުގެ ޙާލު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ ބައްލަވައިލައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާ: ދެ މީހެއްގެ ފޮޓޯ އާންމުކޮށްފި
17 Oct 2026 ހަބަރު

ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާ: ދެ މީހެއްގެ ފޮޓޯ އާންމުކޮށްފި

މި ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ. 

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން
17 Oct 2026 ހަބަރު

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި އެ އޮފިސަރު ފަސްޖެހުމެއްނެތި ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ވަޒީރު ވަނީ ސާބަސް ދެއްވާފައެވެ

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
17 Oct 2026 ހަބަރު

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި މަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް އެކި ގޮތްގޮތުން އުނދަގޫކުރަމުންދާ މި މީހާގެ މައްސަލަ މީގެކުރިންވެސް އެތައް ފަހަރަކު ފުލުހަށް ހުށަހަޅާފައިވާއިރު، ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ވަނީ އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިއަދުވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް
17 Oct 2026 ހަބަރު

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫސިޓީ މީދޫގައި ބޭއްވި ޚާއްޞަ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާގައި މީދޫއަކީ ފާހަގަކޮށްލެވޭ ފަދަ ދިގު މާޒީއެއް އޮތް ރަށެއް ކަމަށެވެ.

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި
17 Oct 2026 ހަބަރު

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި

މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރެވިދާނެތޯ ބެލުމަށް އެމްޑަބްލިއުއެސްސީން ދިރާސާއެއް ފަށައިފިއެވެ. މި ޓެކްނޮލޮޖީން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިން 50 އިންސައްތައަށް ދަށްކުރެވޭނެއެވެ.

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި
17 Oct 2026 ހަބަރު

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި

އިސްލާމިކް މިނިސްޓްރީން ބުނީ އެ އެ އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ބޭނުންކުރާނީ މުވައްޒަފުންގެ މުސާރަ ނުހިމަނައި، މިނިސްޓްރީގެ އިދާރީ ހިންގުމާއި އިސްލާމީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. މި ތަސައްވުރުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ވަގުފްގެ 8 މަޝްރޫއެއް ނިންމުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ އެކްސިޑެންޓް
17 Oct 2026 ހަބަރު

މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ އެކްސިޑެންޓް

ފުލުހުންގެ ވެބްސައިޓުގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 2،379 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ. މި އަހަރު ފުލުހުންނަށް ރިޕޯޓުކުރި ޖުމްލަ 9،912 މައްސަލައިގެ ތެރޭގައި ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެންމެ ގިނަ މައްސަލަތަކަކީ ވައްކަމުގެ ކުށުގެ މައްސަލަތަކެވެ. އެގޮތުން، ވައްކަމުގެ 2،753 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި
17 Oct 2026 ހަބަރު

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި

ކައުންސިލުން ކުއްޔަށް ދޫކުރި ބިންތަކުން ލިބެންޖެހޭ ފައިސާގެ މައްސަލާގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް 1.8 މިލިއަން ރުފިޔާ ލިބެންޖެހޭކަމަށެވެ.