ފުވައްމުލަކު ޓައިގާ ޝާކް ޕޮއިންޓްގައި މީހަކު ފީނަނީ--ފޮޓޯ/ފުވައްމުލައް ޑައިވް
ފުވައްމުލަކު ޓައިގާ ޝާކް ޕޮއިންޓްގައި މީހަކު ފީނަނީ--ފޮޓޯ/ފުވައްމުލައް ޑައިވް
ހަބަރު 17 Dec 2023 | 05:39

"ޓައިގާ ޝާކް ޕޮއިންޓް" އަށް އެރި އުޅުނު މީހަކަށް މިޔަރެއް ހަމަލާދީފި!

ޏ. ފުވައްމުލަކު "ޓައިގާ ޝާކު ޕޮއިންޓަށް" އެރި އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޔަރު ހަމަލާ ދިނީ އިއްޔެ ހަވީރު ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަހައްދުގައި އޮންނަ މަޝްހޫރު "ޝާކް ޕޮއިންޓަ"ށް ފަތުރުވެރިންތަކެއް ގޮވައިގެން އެރި އުޅުނު އިންސްޓްރަކްޓަރ ގެ އަތުގައެވެ.

އަދި އޭނާއަށް ހަމަލާ ދިނީ ފެމުނު މިޔަރެއް ކަމަށް މަޢޫލޫމާތު ލިބޭއިރު، އެ މިޔަރު ހަމަލާ ދިނުމުގެ ސަބަބުން އެމީހާގެ އަތުގެ އިނގިއްޔެއް ވަނީ ޒަޚަމްވެފައެވެ.

އަދި މިޔަރު ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ އަތުގެ އިނގިއްޔެއް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.

ފުވައްމުލަކު ޝާކް ޕޮއިންޓަކީ ވަރަށް ގިނަ ދިވެހިންނާއި ފަތުރުވެރިން ވެސް ގޮސް އުޅޭ މަގުބޫލު ސަރަހައްދެކެވެ.

އެ ސަރަހައްދުގައި މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާއިރު، މިފަހަކަށް އައިސް މިޔަރު ހަމަލާދޭ އެފަދަ ހާދިސާތައް އަންނަނީ އިތުރު ވަމުންނެވެ.

އެގޮތުން، އެފަދަ ހާދިސާ ތަކުގައި މި އަހަރު އެކަނިވެސް ތިން މީހަކު ވަނީ ޒަހަމްވެފައެވެ. އޭގެ ތެރެއިންވެސް ފަތުރުވެރިއަކަށް ވަރަށް ބޮޑެތި ސީރިއަސް ޒަޚަމްތަކެއް ލިބި އެމީހާއަށް މާލެއިންވެސް ފަރުވާ ދީފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަހަރު މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ
17 Oct 2026 ހަބަރު

އަހަރު މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 503 މިލިއަން ރުފިޔާއަށް ވުތރެ އިތުރުވެފައިވާކަމަށް ދައްކައެވެ. މިއަހަރު އެންސްޕާއަށް ފާސްކޮށްދީފައިވަނީ، 3.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް
17 Oct 2026 ހަބަރު

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް

މި އެކްސިޑެންޓްގައި ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނުނުއިރު، ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. މި ހާދިސާ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.