ރައީސް ޔާމީން އާއި އަދީބާއި ޒިޔަތުގެ ފޮޓޯއެއް
ރައީސް ޔާމީން އާއި އަދީބާއި ޒިޔަތުގެ ފޮޓޯއެއް
ހަބަރު 18 Jan 2023 | 06:22

ރައީސް ޔާމީން މައްސަލަ: އަދީބާއި ޒިޔަތު ނުދައްކާ ގިނަ ވާހަކަތަކެއް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި

ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވ އާރަށު މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށައެޅި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޒިޔަތާއި، ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ކޯޓަށް ދިން ހެކިބަހުގެ އިތުރުން ގިނަ ވާހަކަތަކެއް މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި ހިމަނާފައިވާކަން ހާމަވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުން ކުރިތާ 22 ދުވަސް ފަހުން އެ މައްސަލަ ނިންމިގޮތުގެ ރިޕޯޓު ގާނޫނީ ވަކީލުންނާއި ހަވާލުކޮށްފައިވަނީ، ރިޕޯޓު ނުދީ ލަސްކުރުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވީފަހުން ނެވެ.

އެގޮތުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓަކީ ހުކުން އިއްވާއިރު ތައްޔާރުކޮށްފައި އޮންނަންޖެހޭ ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓު ނުދީ ހިފަހައްޓަނީ ރިޕޯޓަށް އުނި އިތުރު ގެނައުމަށްކަމަށް އިދިކޮޅުންވެސް އޭރު ގެންދިޔައީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

އެއާއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި އެފަދަ އުނިއިތުރުތައް ހުރިކަން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ހިމެނިވަޑައިގަންނަވާ ޝިޔާޒު ވަނީ ހާމަކުރައްވާފައެވެ.

އެކަން ހާމަކުރައްވާ ޝިޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަކީ ލައިވްކޮށް ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ވާއިރު، އަދީބާއި ޒިޔަތުގެ ހެކިބަސް މިހާރުވެސް ބަލާލެވޭނެކަމަށެވެ. އަދި އަދީބާއި ޒިޔަތުގެ ހެކިބަހުގައި ނެތް ކަންކަން ރިޕޯޓުގައި އެމީހުން ބުނިކަމަށް ލިޔެފައިވާކަމަށް ޝިޔާޒު ވިދާޅުވިއެވެ.

މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ލިޔެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި ހަވާލުކުރި ހަވާލާދެވުނު 1354016 ނަންބަރު ޗެކު އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ބޭންކްއޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު 7701701832002 އެކައުންޓަށް ޖަމާކޮށްދިނުމަށް 2015 ސެޕްޓެމްބަރު މަހު 10 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއަށް ހުށައެޅުމުން އެ ފައިސާ ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ ހަވާލާދެވުނު އެކައުންޓަށްކަން ފާހަގަކުރެވޭކަމަށެވެ.

އަދި އެކަން ހިނގައިދިޔަ ގޮތް ދައުލަތުން ހުށައެޅި ހެކިންކަމަށްވާ އަހުމަދު އަދީބު އަބްދުލްޣަފޫރާއި ޒިޔަތުގެ ޝަރީއަތުގެ މަޖިލީހުގައި ތަފްސީލުކޮށް ކިޔާދީފައިވާކަމަށް ލިޔެފައިވެއެވެ.

"2022 ސެޕްޓެމްބަރ 06 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އަޙްމަދު އަދީބު އަދި ޒިޔާތު ދެއްކިވާހަކައިގެ ރެކޯޑިންގ މިއަދުވެސް ޔޫޓިއުބް މެދުވެރިކޮށް އަޑުއައްސަވާ ލެއްވޭނެ، އަދީބު އާ ޒިޔަތު މިވާހަކަ ދެއްކިތޯ، ތިޔަ ބޭފުޅުން އަމިއްލައަށް ރެކޯޑިންގ އަޑުއައްސަވާލައްވާ"

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޝިޔާޒު

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ވިދާޅުވީ އެ ރިޕޯޓުގައި އެފަދައިން ލިޔެފައި އޮތަސް އެއީ އަދީބާއި ޒިޔަތު ހެކިބަސް ދެމުން ދެއްކި ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެއީ އެމީހުން ބުނިކަމަށް ރިޕޯޓުގައި އތުރަށް ލިޔެފައިވާ ވާހަކަތަކެއްކަމަށް ޝިޔާޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވ އާރަށު މައްސަލަ ބައްލަވާ ހުކުން ކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަކީލްއެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއްކޮށްފައިވަނީ ހެކިންނަށް ރިއާޔަތް ކުރުމެއް ނެތިކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންވެސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެ ހުކުން ބަލައި ނުގަންނަކަމަށާއި، ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަަލަ އިސްތިއުނާފު ކުރައްވާނެކަމަށް ގާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.