ބިންހެލުމުގެ އަސަރު ކޮށް އިމާރާތްތައް ވެއްޓިފައި ހުރި ސަރަހައްދެއް/ ތުރްކިޔޭ
ބިންހެލުމުގެ އަސަރު ކޮށް އިމާރާތްތައް ވެއްޓިފައި ހުރި ސަރަހައްދެއް/ ތުރްކިޔޭ
ދުނިޔެ 18 Feb 2023 | 08:16

ކާރިސާއަށް 11 ދުވަހަށް ފަހު އިތުރު މީހަކު ސަލާމަތްކޮށްފި

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން ތަކަށް 11 ދުވަސް ވީ ފަހުން ތުރްކިޔޭ ގެ ހަޓޭޔާއިން މީހަކު ސަލާމަތްކޮށްފިއެވެ.

އޭނާ ސަލާމަތް ކުރެވިފައިމިވަނީ ތުރްކިޔޭގައި މަސައްކަތް ކުރަމުންދިޔަ ބައިނަލްއަޤަވާމީ ރެސްކިޔު ޓީމްތަކުން ތުރްކިޔޭގެ ބިންހެލުން އައި ސަރަހައްދުތައް ދޫކޮށް ސީރިޔާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުފަށައިފައި ވަނިކޮށެވެ.

މީގެ އިތުރުން ކާރިސާއަށް 260 ގަޑިއިރުފަހުން ވަނީ ވެއްޓި ހަލާކުވި އިމާރާތްތަކުގެ ދަށުން އިތުރު ދެމީހަކު ވަނީ ސަލާމަތްކޮށްފައެވެ. ކާރިސާގައި މަރުވި މީހުންގެ ޢަދަދު މިހާރުވަނީ 44،000 އަށް އަރައިފައެވެ. ތުރްކިޔޭ އިން 38،044 މީހުން މަރުވެފައިވާއިރު ސީރިޔާ އިން 5،800 މީހުން ވަނީ މަރުވެފައެވެ.

ބިންހެލުމުގެ އަސަރު ކޮށް ބޯހިޔާވަހިކަން ގެއްލުނު ސީރިޔާގެ އާއިލާއެއް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ނިޔާވެފައެވެ. 7 މީހުންގެ މި އާއިލާގައި 5 ކުޑަކުދިން ހިމެނެއެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވި މީހެއްގެ ހަށިގަނޑު އެތަނުން ނެރެގެންގެންދަނީ

އަލިފާނުގެ ހާދިސާ ހިނގި އެގެއަކީ ވަގުތީ ހިޔަލެއްގެ ގޮތުގައި 14 މީހަކު ބޭނުން ކުރަމުން ދިޔަ ދެ ބުރިޔަށް ހަދައިފައި ހުރި ގެއެކެވެ. އެ ގޭގައި ރޯވެ 7 މީހަކު މަރުވެ އަނެއް 7 މީހަކަށް ދަނީ އެކި ވަރުގެ އަނިޔާލިބި ފަރުވާހޯދަމުންނެވެ.

ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހުޤީޤް ކުރިއަށް ދާނެ ކަމަށް ކަމާއި ގުޅޭ ފަރާތްތަކުން ވަނީ ބުނެފައެވެ. "އަހަރެމެންނަށް ފެނުނީ އަލިފާން ރޯވެފައި ހުރި މަންޒަރު، މާބޮޑު ކަމެއް ނުކުރެވުނު، އެކަމަކު ކުޑަ އަންހެން ކުއްޖަކު ސަލާމަތް ކުރެވުނު" އެހިސާބުގައި ދިރިއުޅޭ މުހްސިން ކާކިރް ބުންޏެވެ.

ހާދިސާގައި ނިޔާވި 5 ކުދިން ނަކީ 4 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިންނެވެ.

ކާރިސާގައި އިމާރާތް ތަކުގެ ދަށުވި މީހުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތް ކުރިއަށް ދިޔަޔަސް، ދިރިތިއްބާ ސަލާމަތްކުރެވޭ މީހުންގެ ޢަދަދު މިހާރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.