އެމްއޭސީއެލް އިން ކެންސަރަށް ޓެސްޓު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އިން އެ ކޮމްޕެނީގެ މުވައްޒަފުން ކެންސަރަށް ޓެސްޓު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެމްއޭސީއެލް އާއި ސޮސައިޓީ ފޯ ހެލްތް އެޑިޔުކޭޝަން އާއި ކެންސަރ ސޮސައޮޓީ އޮފް މޯލްޑިވްސް ގުޅިގެނެވެ. މި ޕްރޮގްރާމްގައި ޓެސްޓު ކުރެވިފައިވަނީ އުރަމަތީގެ ކެންސަރަށާއި އޯރަލް ކެންސަރަށެވެ.
ކެންސަރަށް ސްކްރީން އަށް ޓެސްޓޤ ކުރުމުގެ އިތުރުން މައުލޫމާތު ދިނުމުގެ ސެޝަން އެއްވެސް މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެން ގޮސްފައިވެއެވެ.
އެމްއޭސީއެލް އިން ވިދާޅުވީ މި ޕްރޮގްރާމަކީ އެކުންފުނީގެ މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަމާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ޓަކައި ހިންގި ޕްރޮގްރާމެއް ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ މިސްޓަރ މެހެޖޫބް ޝުޖާއު އާއި ޗީފް އެކްޒެކެޓިވް އޮފިސަރ އާއި އެކުންފުނީގެ ޑިޕާޓްމެންޓް ތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް