ވިލިމާލެއިން 13 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަން ފަށައިފި
ވިލިމާލެއިން 13 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ވިލިމާލެއިން 13 އަހަރުގެ ކުއްޖެއް ގެއްލިގެން ރޭ ދަންވަރު 1:33 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. އަދި ފުލުހުންދަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ގެއްލިގެން ހޯދަމުންދަނީ ޒޯޔާ ކިޔާ ކުއްޖެއް ކަމަށާ އެ ކުއްޖާ ގެއްލިގެން ރޭ 7:30 އިން ފެށިގެން އާއިލާއިން ހަރަކާތްތެރިވަމުން ދާއިރު، ފުލުހުންނަށް ރިޕޯޓުކުރީ ކުއްޖާ ހޯދުމަށް އާއިލާއިން ކުރި މަސައްކަތުން ކުރިއެރުމެއް ލިބިފައި ނުވާތީކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ކުޑަ ކުއްޖަކާއި ގުޅޭ މައްސަލައެއްކަމަށް ވުމުން ފުލުހުން ކުއްޖާގެ ވަނަވަރެއް އަދި ފޮޓޯއެއް ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް