ފިލިތެޔޮ ކައިރި ކަނޑުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައިފި
ފ އަތޮޅު ފިލިތެޔޮ ކައިރީ ކަނޑު އަޑިއަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފި ކަމަށް ދިވެހި ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުން ބުނީ އެތަނަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފައްތައިފައި ހުރި ކަމުގެ މައުލޫމާތު ލިބި ފާފު އަތޮޅު ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށްބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދިފައިވާކަމަށެވެ.
އަދި އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެމައްސަލަ މިހާރު ތަހްޤީޤު ކުރެވެމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މަސްތުވާތަކެތި އަތުލައިގަތުމަށް ދޭތެރެދޭތެރެއިން ބޮޑެތި އޮޕަރޭޝަން ހިންގައެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް