ގާސިމްގެ ހދ ކެންޕެއިން ދަތުރުގެ ތެރެއިން
ގާސިމްގެ ހދ ކެންޕެއިން ދަތުރުގެ ތެރެއިން
ހަބަރު 18 Aug 2023 | 10:19

"ޤާސިމަކީ އެވަރެޖް ގޮތެއްގައި ދުވާލަކު 700 އެއްހާ ރައްޔިތުންގެ އެކިއެކި އިހްސާސްތައް އައްސަވަމުންދާ ބޭފުޅެއް"

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަކީ ކޮންމެ ދުވަހަކުވެސް، އެވްރެޖް ގޮތެއްގައި 700 އެއްހާ ރައްޔިތުންގެ އިހްސާސްތައް އަޑުއައްސަވަމުންދާ ބޭފުޅެއް ކަމަށް އެމަނިކުފާނުގެ އެޑްވައިޒަރ އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޕެއިނަށް ޖުމްހޫރީ ޕާޓީން ބޮޑުތިލަދުންމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަމަށް ވަޑައިގެން، އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ވޭތުވެދިޔަ ސާޅީހަކަށް އަހަރަށް ބަލާލި ނަމަވެސް، ގާސިމް އިބްރާހިމް ފިޔަވައި، ދުވާލެއްގެ މައްޗަށް 700 މީހުންގެ އަޑު އެއްސެވި ބޭފުޅެއް ގާސިމް އިބްރާހިމް ފިޔަވައި ނުހުންނާނެ ކަމަށެވެ.

މިރާއްޖޭގައި ނޫޅޭނެ، ވޭތުވެދިޔަ ސާޅީހަކަށް އަހަރުތެރޭ، ދިވެހި ލޮބުވެތި ރައްޔިތުންގެ އެވްރެޖް ދުވާލަކަށް 700 އެއްހާ ދިވެހި ރައްޔިތުންގެ އަޑު އަހާ، އެއަށް ވަގުތުދިން ދިވެއްސެއް ގާސިމް އިބްރާހިމް ނޫނީ.

އަހުމަދު ނިހާން ހުސެއިން މަނިކު

"80 ގެ ކުރީކޮޅުން ފެށިގެން، އެމަނިކުފާނު މަސައްކަތް ކުރަން ފެށި ހިސާބުންނާ، އަދި އަމިއްލަ މަސައްކަތްޕުޅު ހިންގެވުމަށްޓަކައި ވިލާ ކުންފުނި ހިފައިގެން ނުކުތް ހިސާބާ، އަދި އެއަށްވުރެ ކުރިންވެސް އޭގެ ފަހުންވެސް، އެވްރެޖް ގޮތެއްގައި ދުވާލަކު 700 އެއްހާ ރައްޔިތުންގެ އެކިއެކި އިހްސާސްތައް. އެތައް އެތައް ބާވަތެއްގެ ބޭނުމަށްޓަކައި އެމަނިކުފާނާއި ބައްދަލުކުރެއްވި ބޭފުޅުންގެ އެތައް ފަސާނާ އަކަށް ވަގުތު ދެއްވައި، އަޑު އައްސަވައި، އަތްޕުޅުގައި އެވަގުތު ހުރި އެއްޗަކުން ޚަރަދު ކުރައްވައި، އެ އައި ބައެއްގެ މުހުތާދުތައް ފިއްލަވައި ދެއްވަމުން އެމަނިކުފާނު ގެންދެވީ." ނިހާން ވިދާޅުވި އެވެ.

ނިހާން އާއި ގާސިމް

ނިހާން ވިދާޅުވީ، އެކި ސިޔާސީ ފިކުރުތަކާއި އެކު ގާސިމް މަސައްކަތް ކުރެއްވީވެސް، އަދި ކުރިއަށް އޮތް ރިޔާސީ ރޭހަށް ވެސް އެމަނިކުފާނު ނިކުންނަވައި ހުންނެވި ހަމައެކަނި ބޭނުމަކީ ދިވެހިރައްޔިތުންނަށް މިއަދަށްވުރެ ފަހި މާދަމާއެއް ހޯދައިދެއްވުމުގެ ބޭނުމުގައި ކަމަށެވެ.

ރިޔާސީ ކެންޕެއިނަށް ބޮޑުތިލަދުންމައްޗަށް ފެއްޓެވި މި ދަތުރުފުޅުގައި ޤާސިމް އެންމެ ފުރަތަަމަ ވަޑައިގެންނެވީ މަކުނުދޫ އަށެވެ. މިއަދު ހެނދުނު އެރަށަށް ވަޑައިގެންނެވުމަށް ފަހު ނޮޅިވަރަމް އަށް ވަޑައިގެންފައިވާއިރު، ދެން ވަޑައިގަންނަވާނީ ނޮޅިވަރަމްފަރު، ހަނިމާދޫ އަދި ކުޅުދުއްފުއްޓަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
15 Oct 2026 ހަބަރު

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް

އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.