މާޅޮސް ބަނދަރުގެ %65 ނިމިއްޖެ
އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 ޕަސެންޓްވެސް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން އާއި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި، ނެރު ފުންކުރުމުގެ މަސައްކަތާއި ބޭރުތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މި މަޝްރޫއަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް