ތިޖޫރިއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
ތިޖޫރިއެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހަކު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ބަންދުކޮށްފައިވަނީ ތ.ކިނބިދޫ ފިތުރޯނުގޭ ޢުމުރުން 24 އަހަރުގެ މުޙައްމަދު އިލްހާމެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
އެކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެެއްކާއި ގަރީނާ ކޯޓަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ގެއްލުން ލިބުނު ފަރާތުގެ ބަޔާނާއި ސީސީޓީވީގެ ސްނެޕްޝޮޓް ހިމެނެއެވެ.
އެހެން ނަމަވެސް ސީސީޓީވީ ފޫޓޭޖުން ފެންނަނީ އޭނާ ނޫން ކަމަށާއި, ފޫޓޭޖުން ފެންނަ މީހާގެ އިސްތަށިގަނޑު ދިގު ކަމަށާއި, އޭނާގެ އިސްތަށިގަނޑު ކުރުކަމަށް އިލްހާމް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް