ބަލިޖެހުން ދުރު އަލައިގެ ވައްތަރެއް ރާއްޖޭގައި އިންދައިފި
ބަލިޖެހުން ދުުރު އަލައިގެ ވައްތަރެއް ރާއްޖެ ގެނެސް އިންދައިފި އެވެ.
ފިޝަރީޒް މިނިސްޓްރީއިން ބުނީ އަލަގަހުގެ ފަތުގައި ލައްޖަހާ ގަސްހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ "ޓާރޯލީފް ބްލައިޓް" ބަލި ފެތުރި ރާއްޖޭގައި ފުޅާދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާ ކަމަށެވެ.
އެގޮތުން އެކަމަށް ހައްލު ހޯދައިދިނުމަށް ކެންޔާއިން ޓާރޯލީފް ބްލައިޓް ބަލިޖެހުން ދުރު އަލައިގެ ވައްތަރެއްގެ މުޑުވަކެއް ގެނެސްފައިވާ ކަމަށެވެ. މި ގަސް އިންދުމުގެ ހަރަކާތް ވަނީ ގދ.އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ގދ.ހޯޑެއްދޫގައިވެސް ވަނީ މި ގަސް އިންދުމުގެ ހަރަކާތް ބާއްވާފައެވެ.
އެ މަސައްކަތް ދަނޑުވެރިންނާއެކު ފައްޓަވައިދެއްވީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ހުސެއިން ރަޝީދު ހަސަން އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް