މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ؛ އާއިލާ އަށް ޚަބަރެއް ނުވާތާ ދެ ހަފުތާ!
މާލެއިން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތަށް ފުލުހުން އާއްމުންގެ އެހީތެރި ކަމަށް އެދިއްޖެ އެވެ.
ފުލުހުން މިކަމާއި ގުޅިގެން ކުރި ޓުވީޓެއްގައި ބުނީ، ގެއްލިގެން ހޯދަމުންދަނީ، އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން (21އ) ކަމަށެވެ.
އަދި އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 15 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިންކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ޢަލީ ރިޝާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް