އެމްޑީޕީގެ ރައީސް ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާނު
އެމްޑީޕީގެ ރައީސް ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާނު
ހަބަރު 18 Oct 2022 | 16:58

ޖެހޭ މީހެއްގެ ގޮތުން ރަނގަޅު މީހުންވެސް ނުބައިވޭ: އިމްރާން

ބައެއްފަހަރު ޖެހޭ މީހެއްގެ ގޮތުން ރަނގަޅު މީހުންވެސް ގޯސްވާ ފަހަރު އަންނަކަމަށް ހޯމް މިނިސްޓަރު އަދި ސަރުކާރުގެ ހިއްސާދަރެއްކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާނު ވިދާޅުވެއްޖެއެވެ.

އިމްރާނު މިފަދައިން ވިދާޅުވެފައިވަނީ ވަކި މީހެއްގެ ނަން ހާމަ ނުކުރައްވާ، ނުވަތަ ވަކި މީހަކަށް ނިސްބަތްވެސް ނުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އިމްރާނު ވިދާޅުވީ ބައެއް ފަހަރު ނުބައި މީހުންނާއި ޖެހި ރަނގަޅު މީހުން ނުބައި މީހުންނަށް ބަދަލުވާކަމަށެވެ. އަނެއްބައި ފަހަރު ރަނގަޅު މީހުންނާއި ޖެހި ނުބައި މީހުން ރަނގަޅުވެސް ވާކަމަށެވެ. އެހެން ނަމަވެސް އަބަަދަށް އެކު އުޅެވޭނީ ދެމީހުންނަކީވެސް އެއްކަހަލަ މީހުންނަށް ވެގެންކަމަށް އިމްރާނު ވިދާވިއެވެ.

އިމްރާނު މިފަދައިން ވިދާޅުވެފައިވާއިރު، މިއަދު އެމްޑީޕީ ކޯލިޝަންގެ ހިއްސާދާރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، އިމްރާނަކީ އެ ޕާޓީއާއި އެ ޕާޓީގެ ލީޑަރު ނަޝީދަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ނަޝީދަކީ ލާދީނީ މީހެއްކަމަށާއި، ނަޝީދަށް ވާގިވެރިވުމަކީ މި ގައުމުން އިސްލާމްދީން ނައްތާލުމަށް ވާގިވެރިވުންކަމަށް 2008 ވަނަ އަހރު އުފެދުނު އެމްޑީޕީ ވެރިކަމާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގައި ވާހަކަދައްކަަވަމުން އިމްރާނު ވިދާޅުވެފައިވެއެވެ.

ހަމަ އެ އިހުތިޖާޖުތަކުގައި ވާހަކަދައްކަވަމުން ނަޝީދަކީ އިސްލާމްދީން މި ގައުމުން ފުހެލުމަށް ފޮނުވާފައިވާ ޔަހޫދީ އޭޖެންޓެއްކަމަށް އިމްރާނު ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް، އިމްރާނަކީ އެމްޑީޕީގެ ދެވަނަ ވެރިކަން ގެނައުމަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި މި ވެރިކަން އުފެދުނު ފަހުންވެސް އިސްލާމްދީނާއި ބީރައްޓެހި ކަންކަން ކުރަމުންދާއިރު އެކަންކަމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް އިމްރާނު އެކަމާއި ދެކޮޅަށް އެއްވެސް އެއްޗެއް ވިދާޅުވުނާކަން ފާހަގަކޮށްލެވެއެވެ.

އަދި ހަމަ އެހެންމެ، މި ވެރިކަމާއި، ރައީސުމްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ރަސޫލާ ޞޢވ ކުރެއްވިފަދަ ވެރިކަމެއް ކުރައްވަމުންދާ ބޭފުޅެއްކަމަށް ސިފަކުރައްވާ އިމްރާނު ގެންދަވަނީ ހުޝާމަދު ކުރައްވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.