މަގުމަތިން ހޮވި 10000 ރުފިޔާގެ ވެރިފަރާތް ހޯދަނީ!
އާންމު ފަރާތަކުން މަގުމަތިން ހޮވައިގެން ފުލުހުންނާއި ހަވާލުކުރި 10000 ރުފިޔާގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
އެކަމާއި ގުޅޭގޮތުން ފުލުހުން ނެރުނު އިއުލާނެއްގައި ބުނެގައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 12:04 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު، 1 ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ހުދުކުލައިގެ ސިޓީއުރައެއްގައި ހުރި 10،000 އަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަމަށެވެ.
އެ ފައިސާގެ ވެރިފަރާތެއް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެދެވޭ ވަގީތާއެއް ނެރެވިފައި ނުވާކަމަށާއި، އެ ފައިސާގެ ވެރިފަރާތުން ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާތަކާއި ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުނަމަ 9631696 އަށް ގުޅުއްވުމަށްވެސް ފުލުހުން ވަނީ އަންގާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް