ސައީދު ހަޅުތާޅުގައި
ސައީދު ހަޅުތާޅުގައި
ހަބަރު 17 Oct 2026 | 19:50

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު

މިރޭ ސޯޝަލް މީޑިއާގައި އެންމެބޮޑަށް ވައިރަލްވެގެންދިޔައީ ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ ވާހަކައެވެ. އެމީހެއްގެ އުނދަގޫ ބޮޑުވެގެން އެންމެފަހުން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ޒިންމާދާރު މަގާމެއް އަދާކުރައްވާ ބޭފުޅެއް ކަމަށްވާ މުޙައްމަދު ސައީދު، ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވާފައެވެ. ސައީދުގެ ހަޅުތާލު އެންމެ ފުރަތަމަ ފެއްޓެވީ ހެންވޭރުގައި ހުންނަ ފުލުހުންގެ އިދާރާގެ ތެރެއިންނެވެ. އެންމެފަހުން 14 ގަޑިއިރުފަހުން އެތަނުން ނިކުންނަންޖެހުމުން މިހާރު ހަޅުތާޅު ކުރިއަށްގެންދަނީ ފުލުހުންގެ އިދާރާކައިރީ މަޖީދީމަގުގައެވެ.

ހަޅުތާލުގެ ތެރެއިން ސައީދު ވަނީ އާންމު އުނދަގުލަކަށް ވެފައިވާ އަޙްމަދު ފައިރިޝް ނަމަކަށް ކިޔާ މީހާގެ ފަރާތުން ކުރިމަތިވާ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފް ދުއްތުރާތައް ހިއްސާކުރައްވާފައެވެ. އެގޮތުން ކުޑަކުދިން ތިބޭ ގަޑީގައިވެސް ހުތުރުބަހުން މުއާމަލާތް ކުރުމާއި، ޖިސްމާނީގޮތުން އެކި ފަރާތްތަކަށް ކުރިމަތިކުރުވަމުންދާ ކަންތައްތައް ހިމެނެއެވެ.

އޭނާގެ ފަރާތުން ކުރިމަތިލާންޖެހުނު އުނދަގޫތަކުގެ ތެރޭގައި:

  • މަގުން ހިނގާބިނގާވެ އުޅޭ މީހުންނާ ދިމާލަށް ހުތުރު ބަހުން ހަޅޭއްލެވުން.

  • މަގުމައްޗަށް ސައިކަލު ނެރުމާއި، ބަންދު ބޯޑުތައް ދަމާފައި މަގު ބަންދުކޮށް ޓްރެފިކަށް ހުރަސްއެޅުން.

  • މީހުން ދިރިއުޅޭ ގެތަކަށް ކުނި އުކުން

  • އޭނާ ދިރިއުޅޭ އިމާރާތުގެ ބެލްކަނީން މަގުމަތީގައި ތިބޭ މީހުންގެ ގަޔަށް ތެލާއި ފެން އުކުން

ސައީދު މިރޭ ބުނެފައިވަނީ ފުލުހުން އޭނަ ހައްޔަރުކުރިނަމަވެސް ހަޅުތާލު ކުރިއަށްގެންދާނޭކަމަށާއި، ބޭނުންވަނީ މި މައްސަލައަށް ދައިމީ ހައްލެއްކަމަށެވެ. މި މައްސަލާގައި ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާތާ ދޮޅުއަހަރުވެފައިވާކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފުލުހުންގެ އިތުރުން އެންޑީއޭ އާއި އެނޫންވެސް ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހެޅިނަމަވެސް އެދެވޭފަދަ ހައްލެއް ލިބިފައި ނުވާކަމަށެވެ.

ސައީދު ވަނީ މިކަމުގައި ދައުލަތުގެ މުޅި ސިސްޓަމް ފެއިލްވެއްޖެކަން ފާހަގަކޮށް، މިކަން ހުއްޓުވުމަށް ހަޅުތާލުކުރުން ނޫން ގޮތެއް ނެތްކަން ފާހަގަކޮށް ހަޅުތާލުކުރުން ކުރިއަށްގެންދާނޭކަމަށް ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި
17 Oct 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި

ތުހުމަތުގައި ކޯޓަށް ގެންދިޔަ މީހުން ބުނެފައިވަނީ، އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ އެމީހުންނަށް އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ. ނަމަވެސް ފުލުހުން ހުށަހެޅި ހެކިތައް ބަލައި، ހަ މީހުން ވެސް 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ.

ފަލަސްޠީނަށް ރާއްޖޭގެ ތާއީދު ދެމިއޮންނާނެ: އިރުތިޝާމް
17 Oct 2026 ހަބަރު

ފަލަސްޠީނަށް ރާއްޖޭގެ ތާއީދު ދެމިއޮންނާނެ: އިރުތިޝާމް

އިރުތިޝާމް ވަނީ، ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ކުރަމުންދާ ވަކާލާތު ކުރިއަށްވެސް ދެމެހެއްޓޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށްކޮށްގެން، މިނިވަން އަދި ސިޔާދަތު ހުރި ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަކީ ރާއްޖޭގެ ސިޔާސަތު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ

ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާ: ދެ މީހެއްގެ ފޮޓޯ އާންމުކޮށްފި
17 Oct 2026 ހަބަރު

ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާ: ދެ މީހެއްގެ ފޮޓޯ އާންމުކޮށްފި

މި ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ. 

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ؛ 4 މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް
17 Oct 2026 ހަބަރު

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ؛ 4 މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް

ފުލުސް އޮފިސަރަކަށް ސައިކަލުން ޖެއްސި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެއެވެ. އޮފިސަރުގެ ހާލަތު އަދި ހާމައެއް ނުކުރެއެވެ.

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން
17 Oct 2026 ހަބަރު

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި އެ އޮފިސަރު ފަސްޖެހުމެއްނެތި ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ވަޒީރު ވަނީ ސާބަސް ދެއްވާފައެވެ

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
17 Oct 2026 ހަބަރު

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި މަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް އެކި ގޮތްގޮތުން އުނދަގޫކުރަމުންދާ މި މީހާގެ މައްސަލަ މީގެކުރިންވެސް އެތައް ފަހަރަކު ފުލުހަށް ހުށަހަޅާފައިވާއިރު، ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ވަނީ އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިއަދުވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް
17 Oct 2026 ހަބަރު

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫސިޓީ މީދޫގައި ބޭއްވި ޚާއްޞަ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާގައި މީދޫއަކީ ފާހަގަކޮށްލެވޭ ފަދަ ދިގު މާޒީއެއް އޮތް ރަށެއް ކަމަށެވެ.

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި
17 Oct 2026 ހަބަރު

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި

މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރެވިދާނެތޯ ބެލުމަށް އެމްޑަބްލިއުއެސްސީން ދިރާސާއެއް ފަށައިފިއެވެ. މި ޓެކްނޮލޮޖީން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިން 50 އިންސައްތައަށް ދަށްކުރެވޭނެއެވެ.