މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި
ރަސްދޫގައި މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި 9 މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. ރަސްދޫގެ ހަތް މީހަކާއި، ހދ. ކުމުންދޫގެ އަންހެނަކާއި، އއ. ތޮއްޑޫގެ މީހަކާއި، ބަންގްލަދޭޝްގެ ރައްޔިތެއް ހިމެނެއެވެ. މި މީހުންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، އެ ތަކެތި ވިއްކުމުގެ ކުށުގައެވެ.
ރަސްދޫއިން ހައްޔަރުކުރި މީހުން:
ލިލީމީޑް، މުހައްމަދު އުލްވާން ރަޝީދު (21)
ގުލްދަސްތާގެ، އަހްމަދު އަރީފު (37)
ހަވާމަންޒިލް، އިބްރާހީމް ދިނާން (30)
ފެހިވިނަ، އަހްމަދު އިކުލީލް (37)
ކާރނޭޝަންމާގެ، އަހްމަދު މުހައްމަދު (44)
ކާރނޭޝަންމާގެ، އަލީ ވަސީމް (44)
ހދ. ކުމުންދޫ، ވިދުވަރުގެ، ލީނާ މޫސާ (23)
އއ. ތޮއްޑޫ، ހިކިފިނިފެންމާގެ، ރިމާޒު މުހައްމަދު (29)
ބަންގްލަދޭޝްގެ މެހެދީ ހަސަން (27)
މި އޮޕަރޭޝަން ހިންގީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނުގައި ބައިވެރިވީ ޑްރަގް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުންނެވެ.
މީގެ އިތުރުން، މި އޮޕަރޭޝަނުގެ ތެރޭގައި ރަސްދޫގެ 10 ގެއެއް ފުލުހުން ބަލައިފާސްކޮށްފައިވެއެވެ. އެ ގެތަކުން މަސްތުވާތަކެއްޗާއި ބަނގުރާ އުފައްދަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެންމެން ހައްޔަރުކުރީ ކޯޓު އަމުރަކާ އެކުގައެވެ. އަދި ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިބްރާހީމް ދިނާނާއި، ރިމާޒު މުހައްމަދާއި، އަލީ ވަސީމާއި، މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
އަހްމަދު އިކުލީލް ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، މުހައްމަދު އުލްވާން ރަޝީދާއި، އަހްމަދު އަރީފާއި، އަހްމަދު މުހައްމަދު ބަންދުކޮށްފައިވަނީ ފަސް ދުވަހަށެވެ. ލީނާ މޫސާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ތިން ދުވަހަށެވެ.
އެންމެ ދިގު މުއްދަތަކަށް ބަންދުކޮށްފައިވަނީ، ހަތަރު މީހަކު 10 ދުވަހަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް