މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިދާނެ: ސްޓެލްކޯ
މާދަމާ ހެނދުނު، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިކަން އަންގައި ސްޓެލްކޯއިން ބުނީ، މާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް 19/11/2022 ވާ ހޮނިހިރު ދުވަހު (މާދަމާ) ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އެގޮތުން ސްޓެލްކޯއިން ފާހަގަކޮށްފައިވާ ސަރަހައްދުތަކަކީ، މައްޗަންގޮޅީގެ ވައިދެރި ހިނގުމާއި، އަމީނީ މަގާއި، ތަބުރޭޒީ ހިނގުމުގެ އިތުރުން މާފަތްތަކުރުފާނު މަގާއި، ހުދުފަޅު ހިނގުމެވެ.
މިސަރަހައްދުތަކުގައި މާދަމާ ހެނދުނު 8:00 އިން 11:00އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާ އެކަމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް