މިމަހުގެ ނިޔަލަށް ފެމިލީ ކޯޓު އޮންނާނީ ރިސެސްގައި
ފެމިލީ ކޯޓުގެ 2022 ވަނަ އަހަރުގެ ދެވަނަ ރިސެސް މިމަހު 16 އިން ފެށިގެން 31 ގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.
ފެމިލީ ކޯޓުން މިއަދު ބުނީ، މި ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓު ރިސެސްއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.
ރިސެސްގެ މުއްދަތުގައި މައްސަލަތައް ހިންގުން މަދު ކުރެވޭނެ ކަމަށް އެ ކޯޓުން ބުނެއެވެ.
އެހެންނަމަވެސް، ފޯމު ބަލައިގަތުމާއި، ކައިވެނި ކޮށްދިނުމާއި އިދާރީ އެހެން ކަންކަން މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ފެމިލީކޯޓުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، އެ ކޯޓުން ބުނީ، ރިސެސްގެ ތެރޭގައި ކޯޓުގެ ގާޒީންނާއި އެ ނޫން މުވައްޒަފުންނަށް ތަފާތު ތަމްރީނު ޕްރޮގްރާމް ތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފެމިލީ ކޯޓުގެ އިތުރުން ހައިކޯޓާއި ކްރިމިނަލް ކޯޓުވެސް މި ޑިސެމްބަރު 1 އިން 31 އަށް ވަނީ ރިސެސްއަށް އަަށް ގޮސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް