ބީސީސީގެ އެމްޑީގެ މަގާމަށް އިބްރާހިމް ޒިޔާއު އައްޔަނުކޮށްފި
ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ކަމަށް އިބްރާހިމް ޒިޔާއު މުހައްމަދު އައްޔަންކޮށްފިއެވެ.
އެމަގާމަށް ޒިޔާއު އައްޔަނުކުރީ މިއަދު އެވެ.
ޒިޔާއުއަކީ މޯލްޑިއަން އައިޑަލް ހޯސްޓު ކޮށްދިނުމާއި ޚަބަރާއި ޑޮކުމަންޓްރީތަކާއި އެހެނިހެން ޝޯތަށް ހުށައަޅައިގެންއާންމުގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ޓީވީ ޕްރެެޒެންޓަރެއް ވެސް މެއެވެ.
އެމްޑީއަކަށް ހަމަޖެއްސުމުގެ ކުރީގައި ޒިޔާއު ހުންނެވީ އެ ކުންފުނީގެ ހެޑްއޮފް އައުޓް ރީޗުގެ މަގާމުގައެވެ.
2017 ވަނަ އަހަރު އުފެއްދި ބީސީސީ އަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ކުންފުންޏެކެވެ. ބީސީސީގެ މަގްސަދަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ފުރުސަތުތަކާއި ހިދުމަތްތައް ފޯރުކޮށްދީ ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުމަށް މަސައްކަތް ކުރުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް