ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިއަދު ހަވީރު ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ކަނޑުމަތީގެ މި އެކްސިޑެންޓް ހިނގިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، 16:50 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ މި އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ. އަނިޔާވި މީހުންގެ ތެރޭގައި ލޯންޗުގެ ކެޕްޓަން ހިމެނެއެވެ.

ލޯންޗާއި ދޯނި މާލެ ގެނެސްފައިވާއިރު، ލޯންޗުގެ ބިއްލޫރިތައް ތަޅައިގެންގޮސްފައި ހުރި މަންޒަރު ފޮޓޯތަކުން ފެނެއެވެ. މި ހާދިސާގައި ދޯންޏަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ދޯންނަށްވެސް ގެއްލުންތަކެއް ލިބުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި ހާދިސާ ތަހްގީގްކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް