ބޭންކު އޮފް މޯލްޑިވްސްގެ އިމާރާތެއް
ބޭންކު އޮފް މޯލްޑިވްސްގެ އިމާރާތެއް
ވިޔަފާރި 23 Feb 2024 | 09:18

ރަމަޟާން މަހާއި ހަ ރޯދައިގައި ބީއެމްއެލްއިން ހިދުމަތް ދޭ ގަޑިތައް އާންމުކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އަންނަ ރަމަޟާންމަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނެ ވަގުތު އާއްމު ކޮށްފިއެވެ.

އެގޮތުން ބީއެމްއެލް އިން ބުނީ، އެ ދުވަސްތަކުގައި އެ ބޭންކުގެ ބްރާންޗް ތަކާއި ސާވިސްސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

އަދި ރަމަޟާންމަހުގެ ފަހު ދިހައެއްގައި ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ހަމައެހެންމެ، ކަސްޓަމަރުންނަށް ބޭންކުގެ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ނުވަތަ އާޔާ އަދި ފޭސްބުކް މެސެންޖަރ އިން ލައިވް އޭޖަންޓަކާ ވާހަކަ ދައްކައިގެން ހިދުމަތް ހޯދޭނެ ކަމަށާ، އަދި ބީއެމްއެލް މޯބައިލް އެޕް، ވަޓްސްއެޕް، ވައިބަރ އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ބޭންކުގެ ހިދުމަތް ހޯދޭނެ ކަމަށެވެ.

ބޭންކުން ވަނީ ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯދުމަށް އެދިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
15 Sep 2026 ވިޔަފާރި

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި

މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކާޑު މުޢާމަލާތްތަކާއި ޓީޓީ އާއި ދަތުރުފަތުރާއި ތަޢުލީމީ އަދި ޞިއްޙީ ބޭނުންތަކަށް ޖުމްލަ 653 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ހާމަކޮށްފިއ...