މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، ލޮނުޒިޔާރަތްމަގު ޗާކޯލް ކެފޭ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު ގާތްގަނޑަކަށް 12:37 އެހާ ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި އަނިޔާވެފައިވަނީ 30 އަހަރުގެ ފިރިހެނަކަށް ކަމަށާ، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް