ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އަާޑާން
ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އަާޑާން
ދުނިޔެ 19 Jan 2023 | 04:41

ޖަސިންޑާ ނިއުޒިލެންޑުގެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވަނީ

އަންނަ މަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށާއި، މިއަހަރުގެ އާންމު އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެއްޖެއެވެ.

އޭނާގެ ޕާޓީގެ އަހަރީ ކޯކަސްގައި ބުރާސްފަތިދުވަހު ވާހަކަދައްކަވަމުން، ފެންކަޅިވެފައި ހުންނަވައި ޖަސިންޑާ ވިދާޅުވީ، ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަކީ އޭނާގެ ބޮޑުވަޒީރުކަމުގެ އެންމެ ފަހު ދުވަސް ކަމަށެވެ.

ޖަސިންޑާ ވިދާޅުވީ އިސްތިއުފާ ދެއްވަނީ މަގާމުގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމުގެ ހަކަތަ މިހާރު އެކަމަނާގެ ނެތްކަމުގައި ގަބޫލުކުރައްވާތީ ކަމަށެވެ.

"އަހަރެން މަގާމު ދޫކޮށްލަނީ މިކަން އުނދަގޫ ވެގެންނެއް ނޫން. އެހެން އެކަން އޮތް ނަމަ އަހަރެން މި ވަޒީފާއާ ހަވާލުވީތާ ދެމަސް ތެރޭ ދޫކޮށްލީސް. އަޅުގަނޑު ދުރުވަނީ މިފަދަ ޝަރަފުވެރި މަޤާމަކީ ޒިންމާތަކާއެކު އަންނަ މަޤާމަކަށްވާތީ. އެ އެ ޒިންމާއަކީ ތިމަންނާއަށް އިސްވެރިއެއްގެ ދައުރު އަދާކުރެވޭނެ ވަގުތާއި އަދާނުކުރެވޭނެ ވަގުތު އެނގުމުގެ ޒިންމާ. މި މަސައްކަތަށް ބޭނުންވަނީ ކިހައި ހަކަތައެއްކަން އަޅުގަނޑަށް އެނގޭ. އަދި އެ ހަކަތަ އަޅުގަނޑު ކިބައިގައި ނެތްކަންވެސް އެނގޭ،"

"އަހަރެންނަކީ އިންސާނެއް، ސިޔާސީންނަކީ އިންސާނުން. އަހަރުމެންނަށް ކުރެވެން ހުރި މަސައްކަތެއް ކުރެވެން އޮތް އެންމެ ދިގު މުއްދަތަކަށް ކުރަނީ. އެއަށްފަހު އަންނާނީ [ހުއްޓައިލަންޖެހޭ] ވަގުތު. މިއީ އަހަރެންނަށް އެ ވަގުތު،" ޖަސިންޑާ ވިދާޅުވިއެވެ.

ޖަސިންޑާ ވިދާޅުވީ އޭނާއަށް އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ހަކަތަ ހުރިތޯ ވަރަށް ފުންކޮށް ވިސްނެވި ކަމަށާ، އެ ވިސްނެވި ވިސްނުމުން އޭނާއަށް ޔަގީންވެވަޑައިގެންނެވީ އެ ހަކަތަ ނެތް ކަމަށް ކަމަށެވެ.

ޖަސިންޑާ އިސްތިއުފާ ދެއްވި ނަމަވެސް އަހަރުގެ ފަހުކޮޅުގައި އޮންނަ އާންމު އިންތިޚާބާ ޖެހެންދެން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނަވާނެއެވެ.

ޖަސިންޑާއަކީ 2017 ވަނަ އަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިއިރު ދުނިޔޭގެ އެންމެ ޒުވާން އަންހެން ލީޑަރެވެ. އެއިރު އޭނާގެ އުމުރުފުޅަކީ 37 އަހަރެވެ. ނިއުޒިލެންޑް ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާ ފުރަތަމަ ކުރިމަތިލީ ގޮތާއިމެދު ޖަސިންޑާއަށް ވަނީ ދުނިޔޭގެ ތައުރީފު ލިބިވަޑައިގެންފައެވެ. އަދި ނިއުޒިލެންޑުގެ ކްރައިސްޓްޗާޗުގައި ހުންނަ ދެ މިސްކިތެއްގައި ދިން ބޮމުގެ ހަމަލާތަކެއްގައި 51 މީހުން މަރުވި ހާދިސާއަށް ފަހު، އެ ގައުމުގެ މުސްލިމުންނާއި މެދު ޖަސިންޑާ ކަންތައް ކުރެއްވި ގޮތުންވެސް އެކަމަނާއަށް ވަނީ ވަރަށް ބޮޑަށް ތައުރީފު ލިބިވަޑައިގެންފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.