މިއަދުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ހުޅުމާލެއިން
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އޮފީސް ހިންގަމުންދިޔަ އިމާރާތް ހުޅުމާލެއެަށް ބަދަލު ކޮށްފިއެވެ.
އެގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިހާރު ހިނގަމުންދާނީ ހުޅުމާލޭގެ (ފޭސް 1) އޯކިޑްމާ ހިނގުމުގައި ހުންނަ ޢުމަރު ޒާހިރު އޮފީސް ޢިމާރާތުގެ 3 ވަނަ ފަންގިފިލާ ގައި ކަމަށް އެ މިނިސްޓްރީއިން މިއަދު އިއުލާން ކޮށްފައި ވެއެވެ.
މީގެ އިތުރުން މި ބަދަލާއެކު، މި މިނިސްޓްރީގެ ކައުންޓަރުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ޢިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމުކޮށްފައިވާ މި މިނިސްޓްރީގެ ކައުންޓަރުން ކަމަށް ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް