އޭޔޫ ސަމިޓްގެ ބައިވެރިން
އޭޔޫ ސަމިޓްގެ ބައިވެރިން
ދުނިޔެ 19 Feb 2023 | 13:37

އެފްރިކަން ޔޫނިއަން ސަމިޓުން އިޒްރާއިލްގެ ޑިޕްލޮމޭޓް ބޭރުކޮށްލައިފި

އިތިޔޯޕިޔާގައި ކުރިއަށް ދާ އެފްރިކަން ޔޫނިއަން ސަމިޓުން އިޒްރާއިލްގެ ޑިޕްލޮމޭޓް  ބޭރުކޮށްލައިފިއެވެ.

އިޒްރާއިލްގެ އެފްރިކާއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޝެރޯން ބާރް-ލީ ސަމިޓްގެ ޖަލްސާ ހޯލުން ނެރުނު މަންޒަރު ފެންނަ ވީޑީއޯ އެއް މިހާރު ސޯޝަލް މީޑީއާ ގައި ދަނީ ދައުރުވަމުންނެވެ.

އިތިއޯޕިއާގެ ވެރިރަށް އަޑިސް އަބާބާ ގައި ކުރިޔަށްދާ ސަމިޓުން އިޒްރާއިލްގެ ޑިޕްލޮމޭޓުން ބޭރުކުރުމުން އިޒްރާއިލުން ބުނެފައިވަނީ ސަމިޓުން އެޤައުމުގެ ޑިޕްލޮމޭޓް ބޭރުކޮށްފައިވަނީ އަލްޖޭރިޔާ ދެކުނު އެފްރިކާ އަދި އީރާންގެ ފިއްތުންތަކާއި ގުޅިގެން ކަމަށެވެ.

އިސްރާއީލުގެ ހާރިޖީ ވުޒާރާ އިން ބުނެފައިވަނީ ޝެރޯން އަކީ އެ ބައްދަލުވުން ބެލުމަށް ހުއްދަ އޮތް، އަދި އެތަނަށް ވަނުމުގެ ހުއްދައިގެ ބެޖުތައްވެސް ޖަހާފައިވާ މީހަކަށް ވާއިރު، އޭނާ އެތަނުން ބޭރުކުރުން ކުށްވެރިކުރާ ކަމަށެވެ.

"އެފްރިކަން ޔޫނިއަންގެ ހުރިހާ ނުފޫޒެއް، ނަފްރަތުން ފުރިގެންވާ، އަދި އިރާނުން ކޮންޓްރޯލް ކުރާ، އަލްޖީރިއާ އަދި ދެކުނު އެފްރިކާ ފަދަ ހައްދު ފަހަނައަޅާފައިވާ މަދު ގައުމުތަކެއްގެ އަތް މަތީގައި އޮތުމަކީ ހިތާމަހުރި ކަމެއް" ކަމުގައި އިޒްރާއީލުގެ ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

55 މެމްބަރުންގެ ޔޫނިއަންގެ މި ސަމިޓަށް ހާޒިރުވުމަށް އިޒްރާއީލަށް އޮންނަ ބާރާއި ހުއްދަ އާއި މެދު ކުރިންވެސް ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

2021 ވަނަ އަހަރު، އޭޔޫ ކޮމިޝަން ޗީފް މޫސާ ފަކީ މަހަމަތް ނިންމެވި ނިންމެވުމަށްފަހު، އޭޔޫގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން ދެކުނު އެފްރިކާ ފަދަ ނުފޫޒު ގަދަ ގައުމުތަކުން ވަނީ މި ނިންމުމާއި ދެކޮޅު ހަދާފައެވެ.

އިޒްރާއީލުގެ އަތުން އެ ހުއްދަ ނެގުމާއި މެދު ކުރަން ނިންމާފައި އޮތް ބަހުސެއް މިދިޔަ އަހަރުގެ ސަމިޓްގައި ވަނީ ސަސްޕެންޑްކޮށް، އެ މައްސަލައާއި މެދު މަޝްވަރާކުރުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ.

އޭޔޫގެ އޮފިޝަލަކު ބުނެފައިވަނީ ބައްދަލުވުމުން ނުކުންނަށް އެންގި ފަރާތަކީ ބައްދަލުވުމަށް ދައުވަތު އެރުވުނު ފަރާތެއް ނޫން ކަމަށާއި، ދައުވަތު އެރުވުނީ، ދައުވަތު ބަދަލު ނުކުރެވޭ ގޮތަށް، ހަމައެކަނި އިޒްރާއީލުން އޭޔޫއަށް ކަނޑައަޅާފައި ހުންނަ ސަފީރު، އަލޭލީ އަދްމަސޫ އަށް ކަމަށެވެ.

އިޒްރާއީލުގެ އޮބްޒާވަރ ދަރަޖަ އުވާލުމުގެ އެއްވެސް ސަބަބެއް އެ ޖަމިއްޔާގެ ގަވާއިދުތަކުގައި ނެތް ކަމަށް އިސްރާއީލުގެ ހާރިޖީ ވުޒާރާއިން ބުނެފައި ވާއިރު، ދެކުނު އެފްރިކާއިން ބުނެފައިވަނީ އޮބްޒާވަރ ދަރަޖައަށް އިޒްރާއީލުން އެދިފައިވާ އެދުމަށް އޭޔޫ އިން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެހެން ކަމުން މިއީ ދެކުނު އެފްރިކާ ނުވަތަ އަލްޖީރިއާ އާއި ގުޅޭ މައްސަލައެއް ނޫންކަމަށާއި، މިއީ އުސޫލުތަކާއި ބެހޭ މައްސަލައެއް ކަމަށް ދެކުނު އެފްރިކާއިން ބުނެފައިވެއެވެ..

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.