ކުރެންދޫގެ ހައުސިންގ ޔުނިޓްތައް ހެދުމަށް އެސްޖޭ ކުންފުންޏާއި ހަވާލުކޮށްފި
ޑިޒައިން އެންޑް ބިލްޑް އުސޫލުން ޅ.ކުރެންދޫގައި 50 ހައުސިންގ ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.
އެގޮތުން ޕްލޭނިންގ މިނިސްޓްރީއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާ ކަމަށެވެ.
މީގެ އިތުރުން 95،980،140 ރުފިޔާއަށް މި މަސައްކަތް އެސްޖޭ ކުންފުންޏާ ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމުމަށް ކަމަށް މި ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް