އިސްތިސްްޤާ ނަމާދުކުރި ސަރަހައްދު
އިސްތިސްްޤާ ނަމާދުކުރި ސަރަހައްދު
ދުނިޔެ 19 Apr 2023 | 11:10

އަވައްޓެރި ބަންގްލަދޭޝްގައި ހޫނުގަދަވެ އިސްތިސްޤާ ނަމާދުކޮށްފި

އަވައްޓެރި ބަންގްލަދޭޝްގައި ހޫނުގަދަވެ އިސްތިސްޤާ ނަމާދު ކޮށްފިއެވެ.

ހޯމަ ދުވަހު ބަންގްލަދޭޝްގެ ޑާކާގެ އަފްތަބްނަގަރް ކުޅިވަރު ބިމުގައި 500 އަށްވުރެ ގިނަ މުސްލިމުން އެއްވެ މަޝްހޫރު ދާއީއެއްކަމަށްވާ ޝައިޚް އަޙްމަދުﷲގެ ފަހަތުގައި އިސްތިސްޤާ ނަމާދުކޮށްފައިވަނީ، ހޫނު ގަދަވެ މުޅި ޤައުމުގައި ހަނަފަސްކަން ފެތުރެން ފެށުމާއި އެކުއެވެ.

އޭއެފްޕީ ނޫސް އެޖެންސީއާ ވާހަކަދައްކަވަމުން ޑާކާ ފުލުހުންގެ އިސްވެރިޔާ އަބްދުލް ކަލާމް އާޒާދު ވިދާޅުވެފައިވަނީ އެ ޖަމާއަތުގައި ބައިވެރިވި މީހުން ދުއާކުރީ ވާރޭ ވެއްސެވުމަށާއި، ހޫނުމިން ދަށްވެ ގަދަ ހޫނުން ސަލާމަތްކުރެއްވުމަށް ކަމަށެވެ.

އެންމެ ހޫނު ގަދަ ކަމަށް ރިކޯޑް ކުރެވިފައިވަނީ ޕަބްނާ ޑިސްޓްރިކް ގައެވެ. އެއީ 43 ސެލްސިއަސް ޑިގްރީ އަށެވެ. ހޫނު ގަދަވުމުގެ ސަބަބުން ފެންމަދުވުމާއި، ލޭގެ ޕްރެޝަރ ދައްވުމާއި، ލޮލަށް ފެންނަ ފެނުން ނުސާފުވުމާއި ހޭނެތުން ފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ބަންގްލަދޭޝްގެ ޕަބްލިކް ހެލްތް އޮފިސަރަކު ވަނީ ބުނެފައެވެ.

ހޫނު ގަދަވުމުގެ ސަބަބުން މަސައްކަތައް ނުނިކުމެވި ތިބި ކަން ބަންގަލަދޭޝްގެ ޕްރޮފެސަރުންނާއި ކުދި ވިޔަފާރި ތަކާއި އަމިއްލަ މަސައްކަތް ތައް ކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.