ޖޭޕީ އާއި އެމްއެންޕީގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ (ގާސިމް އިބްރާހިމް/ޓުވިޓާ)
ޖޭޕީ އާއި އެމްއެންޕީގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ (ގާސިމް އިބްރާހިމް/ޓުވިޓާ)
ހަބަރު 19 Jul 2023 | 09:52

ރިޔާސީ އިންތިހާބުގައި ޖޭޕީއާއި އެމްއެންޕީން އެކުގައި މަސައްކަތް ކުރަން މަޝްވަރާކޮށްފި!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި އަދި 2024 ގެ ރައްޔިތުންގެ މަޖލީހުގެ އިންތިޚާބަށް އެކުގައި މަސައްކަތްކުރުމަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސަންއައިލެންޑް ރިސޯޓުގައެވެ. މި ބައްދަލުވުމައި އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި، އެ ޕާޓީގެ ނާއިބު ރައީސް ވިލިނގިލީ ދާއިރާގެ މެންބަރު އަހުމަދު އުޝާމްގެ އިތުރުން، ޕާޓީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެ ޕާޓީން އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ފެއްޓެވީ މިއަދު ޤައުމަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ.

އަދި އެ މަޝްވަރާކުރުމަށް އެމްއެންޕީއަށް ދައުވަތު ދިނީ ޖުމްހޫރީ ޕާޓީން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. ގާސިމް ވަނީ އެ ދަޢުވަތު ޤަބޫލު ކުރައްވައި އެމްއެންޕީގެ މެންބަރުން ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

"ޝައްކެތްނެތެވެ! އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތިކަމެކެވެ." ގާސިމްގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ޖޭޕީއާއި އެމްއެންޕީން އެކުގައި މަސައްކަތް ކުރަން މަޝްވަރާކޮށްފައި ވާއިރު، ފާއިތުވި މަޖިލިސް އިންތިހާބުގައި މެންބަރު ރިޔާޒާއި ނާޒިމް ވާދަކުރެއްވީ ޖޭޕީގެ ޓިކެޓުގައެވެ. ނަމަވެސް އިންތިހާބަށްފަހު ޕާޓީން ވަކިވެވަޑައިގެން ނާޒިމް ވަނީ އެމްއެންޕީ އުފައްދަވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

އަދާލަތާއި އެމްޑީއޭއިން އެތައްހާސް މެންބަރުން ވަކިވެއްޖެ، މެންބަރުންގެ އަދަދު 5،000އަށް
18 Nov 2026 ހަބަރު

އަދާލަތާއި އެމްޑީއޭއިން އެތައްހާސް މެންބަރުން ވަކިވެއްޖެ، މެންބަރުންގެ އަދަދު 5،000އަށް

އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އަދާލަތު ޕާޓީގައި މިހާރު ތިބީ 5،608 މެންބަރުންނެވެ. އެމްޑީއޭ ގައި ތިބީ 5،848 މެންބަރުންނެވެ.