ކެނަރީގޭ ފާރުގައި އިންޑިއާ އައުޓު ޖެހިމީހާ ޖަލަށްލާން ހުކުމްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅު، ކެނެރީގޭ ފާރުގައި އިންޑިޔާ އައުޓް ޖެހި މީހާ ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްމޮށްފިއެވެ.
ކްރިމިނަލް ކޯޓުން އޭނާ ޖަލަށްލާން ހުކުމްކޮށްފައިވަނީ 1 މަހާއި 24 ދުވަހަށެވެ.
މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ކެނެރީގޭ ފާރުގައި އިންޑިޔާ އައުޓް ޖެހި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ނ. މިލަދޫ ނޫއަލީ، އަލީ ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތުގައި އޭނާ ވަނީ ކެނެރީގޭ ފާރުގައި އިންޑިޔާ އައުޓް ޖެހި ކަމަށް އިއުތިރާފުވެފައެވެ.
އޭނާގެ މައްޗަށް އަދަބެއްގެ ގޮތުގައި 2 މަހާއި 12 ދުވަސް އައިނަމަވެސް، އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި، ކުށަށް އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުރީ ލުއި ހުކުމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް