ބަސް ދުއްވަން ދަސްކުރި މީހެއްގެ އަތުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އެމްޓީސީސީގައި ތަމްރީން ހަދަމުންދާ މީހެއް ބަސް ދުއްވަނިކޮށް ޕޮލިސް ޕޯސްޓެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު އެވެ. އެ އެކްސިޑެންޓުގައި ބަސް ޖެހުނީ ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި ހަދާފައިވާ ޕޮލިސް ޕޯސްޓުގެ ފުރާޅުގަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ބަހުގެ އެއް ފަޅީގެ ބިއްލޫރިގަނޑު ޕޮލިސް ޕޯސްޓުގައި ޖެހުމުން ވަނީ ތަޅައިގެން ގޮސްފަ އެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުގައި ހަދާފައިވާ ޕޯސްޓުގެ ޖެހި، އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ހެނދުނު 10 ޖަހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް