ރާނީގެ ސަންދޯއް އިނގިރޭސި ސިފައިން އުފުލަނީ -- ފޮޓޯ: ރޮއިޓާސް
ރާނީގެ ސަންދޯއް އިނގިރޭސި ސިފައިން އުފުލަނީ -- ފޮޓޯ: ރޮއިޓާސް
ދުނިޔެ 19 Sep 2022 | 16:44

އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާ ބާއްވައިފި

މި މަހުގެ 8 ވަނަ ދުވަހު އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާ ބާއްވައިފިއެވެ.

އިނގިރޭސި ތަހުތުގައި 70 އަހަރު ހޭދަކުރެއްވުމަށްފަހު ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި އަވަހާރަވި ރާނީ އެލިޒަބަތުގެ ޖަނާޒާ ބާއްވާފައިވަނީ އިނގިރޭސި ވެރިރަށް ލަންޑަންގައި ހުންނަ ވެސްޓްމިންސްޓާ އަބޭ ފައްޅީގައެވެ. މި ފައްޅިއަކީ އިނގިރޭސި ތަހުތައް އިސްވެވަޑައިގަންނަވާ ރަސްކަލުންނާއި ރަނިކަނބަލުން ތަހުތާއި ހަވާލުވެ ލެއްވުމުގެ ދިގު ތާރީހެއް އޮތް ފައްޅިއެކެެވެ. މީގެ 70 އަހަރު ކުރިން ރާނީ އެލިޒަބަތު އިނގިރޭސި ތަހުތާއި ހަވާލުވެވަޑައިގަތީވެސް މި ފައްޅީގައެވެ.

ރާއްޖޭގެ ގަނޑިން މިއަދު މެންދުރުފަހު 3:00 ގައި ފެށުނު މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން، އުރުދުންގެ ރަސްގެފާނާއި ރާނީގެ އިތުރުން ޖަޕާނުގެ އެމްޕެރާ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ދެކަނބަލުންވެސް ވަނީ ޖަނާޒާގައި ބައިވެރިވެވަޑައިގެންފައެވެ.

ރާނީގެ ޖަނާޒާގައި ދައުވަތުގެ ދަށުން 2000 ފަރާތަކުން ބައިވެރިވިއިރު، ސަލާމާތީ ސަބަބުތަކަށްޓަކައި އެ ފަރާތްތަކުން ވެސްޓްމިންސްޓާ އަބޭ ފައްޅިއަށް ދަތުރުކޮށްފައިވަނީ އިނގިރޭސި ސަރުކާރުން ހަމަޖައްސައިދެއްވި ބަސްތަކުގައެވެ.

މިއަދުގެ ޖަނާޒާއަށްފަހު ރާނީގެ ސަންދޯއް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިންޑްސާ ކާސްލް އަށެވެ. އެތަނުގައި ބޭއްވޭ ސިއްރު ޖަނާޒާއަކަށްފަހު ރާނީގެ ސަންދޯއް ވަޅުލުމަށް ހަމަޖެހިފައިވަނީ ސެއިންޓް ޖޯޖަޒް ޗޭޕަަލް ތެރޭގައި ހުންނަ ކިންގް ޖޯޖް ހަ ވަނަ މެމޯރިއަލް ޗޭޕަލްގައެވެ. ރާނީގެ ބައްޕާފުޅުގެ ސަންދޯއް ކައިރީގައި އެކަމަނާގެ ސަންދޯއް ވަޅުލެވޭއިރު މިދިޔަ އަހަރު އަވަހާރަވި ރާނީގެ ފިރިކަލުން ފިލިޕްގެ ސަންދޯއް ވެސް ރޯޔަލް ވޯލްޓުން ނަގައި، ރާނީއާ އެކު ވަޅުލެވޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.