އަންނަ ހަފްތާގައި އިސްލާމީ މަރުކަޒުގައި ހުކުރުކުރައްވާނީ މުފްތީ މެންކް
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ ނުވަތަ، މުފްތީ މެންކް މިމަހުގެ 28ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 28 އިން 31 އަށެވެ.
އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިމަހުގެ 28ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި، މުފްތީ މެންކް ޚުތުބާ ދެއްވުމަށް ހަމަޖެހިފައިވާ މަޢުޟޫޢަކީ "ރިވައިވް ޔުއަރ ކަނެކްޝަން ވިތް ﷲ" ނުވަތަ މާތް ﷲ އާ އޮންނަ ގުޅުން ބަދަހިކުރުން މި މައުޟޫއަށް ކަމަށެވެ.
މީގެ ކުރިންވެސް އިސްލާމިކް މިނިސްޓަރުގެ ދައުވަތަކަށް މުފްތީ މެންކް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެފަހަރު ރާއްޖެ އައިސް އެކި ކަންކޮޅުތަކުގައި ދަރުސްވެސް ދެއްވާފައެވެ. އަދި އިސްލާމީ މަރުކަޒުގައި ވަނީ އިމާމުވެ ނަމާދުވެސް ކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް