ބަންގްލަދޭޝްގެ މަސްވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެ ގައުމުގެ ސަރުކާރުން އެހީވަނީ
ބަންގްލަދޭޝްގެ މަސްވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެގައުމުގެ ސަރުކާރުން އެހީވުމަށް ނިންމައިފިއެވެ.
ބަނގުލަދޭޝްގައި އެންމެ ގިނަ އަދަދަކަށް ބާނާ މަހަކީ ހިލްސާ މަހެވެ. އެހެން ނަމަވެސް ހިލްސާ ބޭނުން މިދުސްވަރު ވަނީ އެގައުމުގެ ސަރުކާރުން މަނާކޮށްފައެވެ.
ބަންގްލަދޭޝްގެ ސަރުކާރުން ބުނީ ހިލްސާ މަސް ބޭނުން މަނާކުރުމާއި ގުޅިގެން އޭގެ އަސަރުކުރި ކޮންމެ އާއިލާއަކަށް 25 ކިލޯގެ ހަނޑޫ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހިލްސާ މަހަކީ ބަންގުލަދޭޝްގައި އެންމެ ގިނަ އަދަދަކަށް ބާނާ މަހެވެ. އެހެން ނަމަވެސް އެގައުމުގެ ސަރުކާރުން ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 22 ދުވަހުގެ ނިޔަލަށް މަނާކޮށްފައެވެ. ބަނގްލަދޭޝްގެ ސަރުކާރުން މިހެން އަންގާފައި ވީނަމަވެސް ބައެއް ފަރާތްތަކުން ދަނީ މި އެންގުމާ ޚިލާފުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް