ފޮޓޯ/ ގެޓީ އިމޭޖަސް
ފޮޓޯ/ ގެޓީ އިމޭޖަސް
ދުނިޔެ 19 Oct 2022 | 06:38

އިންޑޮނީޝިއާގެ ކަންޖޫރުހަމް ސްޓޭޑިއަމް ތަޅާލަން ނިންމައިފި

އިންޑޮނޭޝިއާގެ ފުޓްބޯޅަ ދަނޑެއްގައި މިދިޔަ މަހު ހިނގި ހަމަނުޖެހުމެއްގައި 131 މީހުން މަރުވި ހާދިސާއަށްފަހު އެ ފުޓްބޯޅަ ސްޑޭޓިއަމް ތަޅާލަން ނިންމައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑޮނީޝިއާގެ ކަންޖޫރުހަމް ސްޓޭޑިއަމްގައެވެ. އިންޑޮނޭޝިއާ ލީގުގެ ފުޓްބޯޅަ މުބާރާތުގެ މެޗެއް ނިންމާލި ތަނާ ސަޕޯޓަރުންތަކެއް ދަނޑުމައްޗަށް އެރުމުން ފުލުހުންނަށް ކޮންޓްރޯލް ނުވެ ފިތިބާރު ވެގެން އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ ކަންޖޫރްހަމް ސްޓޭޑިއަމް ތަަޅާލަން ނިންމާފައިވާ ކަމަށާއި، މަލަންގްގެ ކަންޖުރުހާން ސްޓޭޑިއަމް އަލުން ހަދާނީ ކުޅިވަރުގެ މައި އިދާރާ ފީފާއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ވިޑޯޑޯ މިކަން ހާމަކުރެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ މިއަދު ބައްދަލުކުރެއްވުމަށްފަހުއެވެ.

ކަންޖޫރުހަމް ސްޓޭޑިއަމްގައި ހިނގި މި ހާދިސާގައި ހަމަނުޖެހުން ބޮޑުވެ ކަރުނަ ގޭސް ޖެހި އިރު އެ ތަނުން ނުކުންނަށް މަސައްކަތް ކުރި އެތައް ސަތޭކަ މީހުން ފިތި ބާރުވެގެން މަރުވި އިރު، އަނިޔާވި ބައެއް މީހުން ހޮސްޕިޓަލަށް ގެންދަނިކޮށް މަރުވެފައިވާ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިންޑޮނޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަންއިން ވަނީ އެ މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި އިންޑޮނޭޝިއާ ލީގުގެ މެޗުތައް އެއް ހަފްތާއަށްވެސް މެދުކަނޑައިލިއެވެ.

އިންޑޮނީޝިއާގެ ފުޓްބޯޅަ ސްޓޭޑިއަމެއްގައި ހިނގި ހަމަނުޖެހުމެއްގައި ކުޅުންތެރިންތަކެއް މަރުވެފައިވާއިރު، މީގެ ކުރިން 2012 ވަނަ މިސްރުގެ ފުޓްބޯޅަ ސްޓޭޑިއަމްއެއްގައި ހިނގި ހަމަނުޖެހުމެއްގައި ވެސް 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.