ހުޅުމާލޭގައި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
ހަލުވިކަމާއެކު ޑެންގީ ފެތުރެމުންދާތީ ހުޅުމާލޭގައި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޑިސީން ބުނީ، ޑެންގީ ހުން ފެތުރުން ކޮންޓުރޯލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން ހިޔާ ފްލެޓް ސަރަހައްދުގައި ހުރި މަދިރި އާލާފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
މަދިރިން ޖެހޭ ޑެންގީ ހުމުގެ ނުރައްކާ ބޮޑުވަމުން ދާތީ ބަލިން ރައްކާތެރި ވުމަށާއި ގަދައަށް ހުން އައިސް ހުމުގެ އަލާމާތް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ އިލްމާސް ކުރެއެވެ.
އަދި ސާފު ފެނުގައި އުފެދޭ އީޑީސް މަދިރިން ޖެހޭ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށްވެސް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް