މަންމަ އަށް ހަމަލާ ދިނީ ނަފްސާނީ ބަލި މީހެއް: ފުލުހުން
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްއެއްގައި މާރާމާރީ ހިންގައި މަންމަ ޒަޚަމްކޮށްލި ދަރިފުޅަކީ ނަފްސާނީ ބަލި މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
މިމާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 18:50 ހާއިރު ކަމަށް އެ އިދާރާއިން ރޭ މަޢުލޫމާތު ދީފައިވެއެވެ.
އަދި ދަރިފުޅު އަނިޔާ ދިނުމުގެ ސަބަބުން އަނިޔާވި އޭނާގެ މަންމަ އަކީ އުމުރުން 51 އަހަރުގެ މީހެއް ކަމަށާ އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އެ އަންހެންމީހާ ގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވާއިރު، އޭނާގެ ދަރިފުޅަކީ ނަފްސާނީ ބަލި މީހެއް ކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން ފުލުހުން މިއަދު ބުނީ، މައްސަލައިގައި ތުހުމަތުވާ ދަރިފުޅަކީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށާ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އައިޖީއެމްއެޗް ގައި އޭނާއަށްވެސް ފަރުވާ ދެމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް