މާސްޓަރކާޑުން ވިޔަފާރިކޮށްގެން ކޮންމެ ހަފްތާއަކު އައިފޯން 15 ޕްރޯ އެއް
ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު ޕްރޮމޯޝަންއެއް ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަން ކުރިއަށްދާނީ 19 ޑިސެންބަރު 2023 އިން 18 ޖަނަވަރީ 2024 ގެ ނިޔަލަށެވެ.
މި ފެށުނު ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު މާސްޓަރކާޑުން މަދުވެގެން 500 ރުފިޔާގެ ވިޔަފާރިކޮށްގެން ލަކީ ޑްރޯގައި ބަރިވެރިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަދި އެ ލަކީޑްރޯ ގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ނަސީބު ވެރި ފަރާތެއް ގުރުއަތުން ހޮވާނެ ކަމަށާ، އެގޮތުން ހޮވޭ އެއް ފަރާތަކަށް އައިފޯން 15 ޕްރޯ އެއް ލިބޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، މާސްޓަރކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް