ރައީސް ޔާމިން ފުލުހަށް ހާޒިރުވާއިރު މީޑިއާތައް ގްރީން ޒޯންއިން ބޭރުގައި ތިބުމަށް ފުލުހުން އިލްތިމާސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުވާ ވަގުތު ހުރިހާ މީޑިއާގެ ފަރާތްތައް ގްރީން ޒޯނުން ބޭރުގައި ތިބުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުންގެ މައި މަރުކަރުކައިރީ ހަރަކާތްތެރިވަމުން އަންނަ ވޮއިސްގެ ޖާނަލިސްޓް ހާމަކުރެއްވިގޮތުގައި ގިނަ އަދަދެއްގެ މީޑިއާދައް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރެވޭ ކަވަރޭޖައް އެސަރަހައްދައް ޖަމާވެފައިވީނަމަވެސް އެކަން ކަވާކުރުމުގެ ފުރުސަތު ފުލުހުން ދެއްވަން ދެކޮޅުހަދަމުން ދާކަމަށެވެ.
އާންމުންނާއި ހިލާފަށް މީޑިއާގެ ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނަނީ ކާކުކަން އިނގޭފަދަ ލިޔުން ހުރި ފާސްތަކާއެކުގައި ނަމަވެސް ނޫސްވެރިންނަށް މިސަރަހައްދުގައި ނުތިބެވޭނެކަމަށް އެންގުމުން މިކަމާ މީޑިއާގެ ފަރާތްތަކުން ނުރުހުން ވަނީ ފާޅުކޮށްފައެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް އަންގާފައިވަނީ މިއަދުގެ 14:00 އަށެވެ.
ޕޮޓޯ: އަމީނާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް