އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
އެގޮތުން ބިދޭސީން އުޅޭ ގެޔަކަށް ވަދެ އެތަނުގައި އުޅޭ ބަނގްލަދޭޝް މީހެއްގެ އަތުން ފޯނާއި، 9،000ރ. ފޭރުނު މައްސަލައެއް އިއްޔެ ފުލުހަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މުހައްމަދު ނަވީން،44، ގ. ބެރުގެ،މާލެ އެވެ.
އިމިގްރޭޝަންގެ ނަމުގައިކަމަށް ބުނެ ގެޔަކަށް ވަދެ ފޭރުނު މި މައްސަލަޔާއި އިމިގްރޭޝަންގެ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަންގެ އައިޑީ ފެންނަން ހުންނާނެ ކަމަށެވެ. އަދި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނީފޯމް ލައިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކެއް ކަމަށްވެސް ޝައްމާން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް