ޝައިޚް އިލްޔާސްގެ ބަހާއި އަމަލު އިސްލާހުކުރުމަށް ނިހާން ގޮވާލައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އައްޝައިޚް އިލްޔާސް ހުސައިން ބަހާއި އަމަލު އިސްލާހުކޮށް ތައުބާވުން މާ ރަނގަޅުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ޓްވީޓް ކުރެއްވި ޔޫނުސް ސޫރަތުގެ ދިހަވަނަ އާޔަތް، ކުއޯޓް ޓްވީޓް ކުރައްވަމުންނެވެ.
ޑރ.ޝަހީމް ޓްވީޓް ކުރެއްވި ޔޫނުސް ސޫރަތުގެ ދިހަވަނަ އާޔަތުގެ މާނައިގައިވަނީ "އެއުރެންކުރެ ގިނަމީހުން ހީއަކާމެނުވީ تبع އެއް ނުވެތެވެ. ހަމަކަށަވަރުން، ހީއަކީ حق ގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނޭ އެއްޗެއްނޫނެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ"، މިފަދައިންނެވެ.

ޑރ.ޝަހީމްގެ ޓްވީޓް، ކުއޯޓް ޓްވީޓް ކުރައްވަމުން މެންބަރު ނިހާން ވިދާޅުވީ ޝައިޚް އިލްޔާސްއާއި އެމްޑީޕީގެ ބައެއް މީހުން އަމަލާއި ބަސް އިސްލާހުކޮށް ތައުބާވުން މާ ރަނގަޅުވާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް