އައިޑީކާޑު މުއްދަތު ހަމަވިޔަސް އާސަންދަ ލިބޭނެ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވިޔަސް، އާސަންދައިގެ ހިދުމަތް ލިބޭގޮތަށް އެކުންފުނިން ނިންމައިފިއެވެ.
މިގޮތަށް ނިންމާ އާސަންދަ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން އައިޑީކާޑުގެ މުއްދަތު ހަމަވެފައިއޮތަސް، އާސަންދައިގެ ބޭސްފަރުވާ ލިބޭ މަރުކަޒަކުން ބޭސްފަރުވާ ލިބޭނެކަމަށެވެ.
މީގެ ކުރިން އޮންނަ އުސޫލަކީ އައިޑީކާޑުގެ މުއްދަތު ހަމަވެއްޖެނަމަ އާސަންދައިގެ ހިދުމަތް ނުލިބުންކަން ފާާހަގަކޮށްލެވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިވަނީ އާސަންދައިގެ ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރާވާފައެވެ. އެގޮތުން އާސަންދައިގެ ދަށުން ނަފްސާނީ ބައްޔަށް ބޭސްފަރުވާ ދިނުމާއި، މެލޭޝިޔާ އިންޑިޔާ އަދި ލަންކާގައި އާސަންދަ ދިނުންވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް