ބަލޮގަން އަށް ކާޑު ދައްކަނީ.. ފޮޓޯ: ޔާހޫ ސްޕޯޓްސް
ބަލޮގަން އަށް ކާޑު ދައްކަނީ.. ފޮޓޯ: ޔާހޫ ސްޕޯޓްސް
ކުޅިވަރު 09 Jul 2026 | 05:44

ބަލޮގަންގެ ރަތް ކާޑު ބާތިލްކުރުމުގައި އިންފަންޓީނޯގެ ރޯލު ތަހުގީގުކުރުމަށް ޔޫރަޕިއަން ޕާލަމެންޓުން ގޮވާލައިފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ތަހުގީގެއް ހިންގުމަށް ގޮވާލައި ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރުންތަކެއް އިސްނަގައިގެން ސިޓީއެއް ތައްޔާރުކޮށްފިއެވެ.

މި ސިޓީގައި ފާހަގަކޮށްފައިވާ މައްސަލަ ބަލަން ގޮވާލާފައިވަނީ އެމެރިކާގެ ފޯވާޑް ފޮލެރިން ބަލޮގަންގެ ރަތް ކާޑުގެ ސަސްޕެންޝަން ބާތިލުކުރި ނިންމުމަށް އެމެރިކާ ސަރުކާރުގެ ނުފޫޒު ފޯރާފައިވޭތޯއެވެ. ބަލޮގަންއަށް ރަތް ކާޑު ދައްކާފައިވަނީ މިދިޔަ ހަފުތާގައި ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ރަތް ކާޑާ އެކު އޮޓޮމެޓިކުން އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެ ކަމަށް ވީ ނަމަވެސް ވޯލްޑް ކަޕް ތާރީޚުގައި ކުރިން ދުވަހަކުވެސް ބޭނުންނުކުރާ ގާނޫނީ ލޫޕްހޯލެއް މެދުވެރިކޮށް ފީފާއިން އެ ސަސްޕެންޝަން ތަންފީޒުކުރުން ހުއްޓުވައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު ރައުންޑް އޮފް 16 މެޗުގައި ބަލޮގަން ކުޅުނެވެ. ނަމަވެސް އެ މެޗުން 4-1 ގެ ނަތީޖާއިން އެމެރިކާ ވީ ބައްޔެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބަލޮގަންގެ ރަތް ކާޑުގެ މައްސަލައިގައި އިންފަންޓީނޯއަށް ގުޅި ކަމަށް އެއްބަސްވެފައެވެ. ޓްރަމްޕް ބުނީ އެ ރަތް ކާޑަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ކޮށްދިނުމަށް ނޭދޭ ކަމަށެވެ. ފަހުން ޓްރަމްޕް ވަނީ "ބޮޑު ނާއިންސާފެއް ރަނގަޅުކުރީތީ" އިންފަންޓީނޯއަށް ޝުކުރު އަދާކޮށްފައެވެ. އިންފަންޓީނޯ ބުނީ ފީފާގެ ޑިސިޕްލިނަރީ ބޮޑީއަކީ މިނިވަން ބައެއް ކަމަށް ޓްރަމްޕަށް ދެންނެވި ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ބެރީ އެންޑްރޫސް ޔޫރޯނިއުސްއަށް ވިދާޅުވީ އެ ނިންމުމަކީ، ހުތުރު ކަމެއް އަދި އިންސާފު ގެއްލުވާލުން ކަމަށެވެ. ޔޫރަޕުގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ޔޫއެފާއިން މި ނިންމުން ސިފަކޮށްފައިވަނީ "ދުވަހަކުވެސް ކުރިން ނުފެންނަ ފަހުމު ނުވާ އަދި ހައްގު ނޫން" ނިންމުމެއްގެ ގޮތުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...