ފޭސް ދޭއް އަތިރިމަތި ނައިޓްމާކެޓް ބޭއްވި ސަރަހައްދު.. ފޮޓޯ: ވޮއިސް
ފޭސް ދޭއް އަތިރިމަތި ނައިޓްމާކެޓް ބޭއްވި ސަރަހައްދު.. ފޮޓޯ: ވޮއިސް
ރިޕޯޓް 10 Jan 2026 | 07:39

ފޭސް ދޭއްގެ ބީޗް: ނައިޓްމާކެޓް ނިންމާލާފައި ދިޔައީ މުޅި ހިސާބު ގޮނޑަކަށް ހަދާފައި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މާލޭ ސަރަހައްދުގައި މިހާރު އެންމެ ބައިބޯ ތަނަކަށް ހަމަ ގައިމުވެސް ހުޅުމާލެ ދެވަނަ ފިޔަވަހި ވާނެއެވެ. ދެވަނަ ފިޔަވަހީގައި ބިނާކުރި ހިޔާ 16 ޓަވަރާއެކު ފޭސް ދޭއްގެ އާބާދީ އިތުރުވަމުން ދިޔައިރު، ވިނަރެހާއި، އަމިއްލަ ކުންފުނިތަކުގެ ޓަވަރުތަކާއެކު އެތަނުގެ އާބާދީ ވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ. އަދި މިފަހުން ފަހިދިރިއުޅުން ކޯޕަރޭޝަނުގެ ޓަވަރުތަކަށް މީހުން ބަދަލުވަމުންދާއިރު، ކުރިއަށްއޮތް ތަނުގައި ފޭސް ދޭއްގެ އާބާދީ ވެގެންދާނީ ރާއްޖޭގައި އާބާދީގެ ގޮތުން ރާއްޖޭގައި އެންމެ ބައިބޯ ސަރަހައްދަށެވެ. ފޭސް ދޭއްގެ އާބާދީ ބޮޑުވަމުންދާއިރު، އެންމެ ބާރުބޮޑުވާ އެއް ސަރަހައްދަކީ ފޭސް ދޭއްގެ ތަވަރު 12 އާ ދިމާލަށް އޮންނަ އަތިރިމަތީ ސަރަހައްދެވެ.

ހުޅުމާލޭ ފޭސް ދޭއްގެ އަތިރިމަތި އެ ސަރަހައްދަކީ ކޮންމެ ދުވަހެއްގެ ހެނދުނު އަދި ހާއްސަގޮތެއްގައި ހަވީރު ގަޑީގައި ގިނަ އާއިލާތަކެއް ޒިޔާަރަތްކުރާ ތަނެކެވެ. އެޗްޑީސީން ހަޓްތަކެއް ހެދިފަހުން އެތަނަކީ މިހާރު ކޮންމެ ދުވަހެއްގެ ހަވީރު ގިނަ ބަޔަކު ވަގުތުހޭދަކުރުމަށް ޖަމާވާ ސަރަހައްދެކެވެ. ފޭސް ދޭއްގެ އިތުރުން ފޭސް އެކެއް އަދި މާލޭގައި ދިރިއުޅެމުންދާ ބައެއް އާއިލާތަކުންވެސް ހަވީރުގަޑީގައި އެތަނަށް ސައެއް ބޯލައި އާއިލާއާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށް ޒިޔާރަތްކުރާކަން ފާހަގަކުރެވެއެވެ.

އިއްޔެ ގިނަ ބައެއްގެ ޝަކުވާއަކަށްވީ މިފަހުން އެތަނުގައި ކުރިއަށްދިޔަ ނައިޓްމާކެޓް އިއްޔެ ރޭ ނިންމާލިއިރު، ވިޔަފާރިކުރާ ފަރާތްތަކުން މުޅިތަން ގޮނޑުކޮށްފައި ދިޔަ މައްސަލައެވެ. ހަވީރު ވީ އިރުވެސް މުޅީތަނުގައި އޮތީ ހުސް ކުންޏެވެ. ނައިޓްމާކެޓްތަކުގެ ސްޓޯލްތައް ހެދުމަށް ބޭނުންކުރި މޮހޮރުޖަހާފައި ހުރި ފިލާތަކާއި، އެކި ކަހަލަ ކުނިބުނިތަކުން މުޅި ސަރަހައްދު އޮރީ ފުރިފައެވެ. ވިޔަފާރީގެ އުސޫލުން އެތަނުގައި ހަޓްތައް ނަގައިގެން ވިޔަފާރިކުރަމުންދިޔަ ފަރާތްތަކުންވެސް ވަނީ އެތަން ގޮނޑުކޮށްފައި އޮތުމުން އެ ޝަކުވާ ކޮށްފައެވެ. މީގެ އިތުރުން އެތަނަށް ހަވީރު ގަޑީގައި ކުދިވެރިން ގޮވައިގެން ދިޔަ މީހުންވެސް ވަނީ އެތަން ގޮނޑުކޮށްފައި އޮތުމުން އެކަމުގެ ޝަކުވާކޮށްފައެވެ.

ފޭސް ދޭއްގެ އަތިރިމައްޗަށް އުކާލާފައިހުރި ބައެއް ތަކެތި... ފޮޓޯ: ވޮއިސް

ވޮއިސްއާ މައުލޫމާތު ހިއްސާކުރި ބައެއް މީހުން ވަނީ މީގެ ކުރިންވެސް އެތަނުގައި ބާޒާރު ބާއްވާއިރު، ބައެއް މީހުންގެ ސަބަބުން ތަން ގޮނޑުވާ ވާހަކަ ފާހަގަކޮށްފައެވެ.

ސްޓޯލްތަކަށް ގެނައި މުދާތައް ގެންދިޔައިރު ކުނިތަކާއެއްޗެހި ނަގާ ތާހިރުކޮށްފައި ދާންޖެހޭނީ. ހަވީރު ގަޑީގައި މިތަނަށް އެތައް ބަޔަކު އަންނައިރު މިއީ ވަރަށް ދެރަކަމެއް. މިކަމުގެ ސަބަބުން އަހަރެމެންނަށް އަދި ކަސްޓަމަރުންނަށްވެސް އުނދަގޫވޭ

ހަޓެއް ހިންގަމުންދާ މީހަކު ބުންނެވެ

ވޮއިސްއާ ވާހަކަދެއްކި ބައެއް މީހުން ވަނީ މިފަދަ ކަންކަން މިއަށްވުރެ ރަނގަޅު އިންތިޒާމަކުން ކުރިއަށްގެންގޮސް ނިންމާލަންޖެހޭކަން ފާހަގަކޮށްފައެވެ. އެގޮތުން ކުނި މެނޭޖްކުރުމުގެ ކަންކަން އަތިރިމަތި ބޭނުންކުރަމުން އަންނަ މީހުންނަށް އުނދަގޫ ނުވާނޭހެން އިންތިޒާމްކުރަން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ. ފޭސް ދޭއްގެ އަތިރިމަތީ ސަރަހައްދު އިއްޔެ ގޮނޑުކޮށްފައި އޮތްއިރު، އިއްޔެ އެތަން ސާފްކުރުމުގެ މަސައްކަތުގައި އެޗްޑީސީގެ މުއައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ.

އެޗްޑީސީން ވަނީ ފޭސް ދޭއްގެ އެކި ސަރަހައްދުތަކުގައި ކުނިއަޅާ ޑަސްބިންތައްވެސް ބަހައްޓާފައެވެ. ނަމަވެސް ނައިޓްމާކެޓްގައި ބައިވެރިވި ބައެއް ފަރާތްތަކުން ޑަސްބިނަށް ކުނިތައް އެޅުމުގެ ބަދަލުގައި ކުނިތައް ދޫކޮށްލާފައިވަނީ މުޅި ތަނަށެވެ. އެހެންކަމުން އިއްޔެއަކީ އެ ސަރަހައްދަށް ހިތްފަސޭހަކޮށްލުމަށް ޒިޔާރަތްކުރި އާއިލާތަކަށް ވަރަށްބޮޑު ތަކްލީފެއް އުފުލަންޖެހުނު ދުވަހެއްކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
09 Oct 2026 ހަބަރު

އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި

‏އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި އެވެ. އެ ތަކެތި ވިއްކަން ހުރީ ހުޅުމާލެ ފޭސް ދޭއް ގައި ހުންނަ ފިހާރައެއްގަ އެވެ. ފުލުހުން ބުނީ އެ ފިހާރާގައ...

ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
08 Oct 2026 ހަބަރު

ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ

އީފާހުގެ ހިދުމަތްތަކާ ގުޅޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މޮބައިލް ހެލްޕް ޑެސްކެއް މި ހަފުތާ ބަންދުގައި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ގާއިމްކޮށް ހިދުމަތް ދިނުމަށް ނިންމައިފިއެވެ. މި ހެލްޕް ޑެސްކު ކުރި...

ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
08 Oct 2026 ހަބަރު

ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދޫނި ގެންގުޅޭ ފަރާތްތަކަށް ހާއްސަ ހަރަކާތެއް މި ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މި ހަރަކާތް ކުރިއަށް ގެނ...

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި
08 Oct 2026 ހަބަރު

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި

ހުޅުމާލޭގައި ހިންގާ ހޮތާ، ކެފޭ އަދި ޓޭކްއަވޭ ތަކުން ގަވާއިދާ ހިލާފަށް ހުޅުމާލޭ ދުވާރުމަތީ ގޮނޑިއާއި މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އި...

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
07 Oct 2026 ހަބަރު

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު

ހުޅުމާލެއިން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ 12،000 އަށް ވުރެ ގިނަ ފްލެޓުގެ ތެރެއިން ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ދެބައިކުޅަ އެއްބައި ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ...