ތިލަފުށި.. ފޮޓޯ: މިހާރު
ތިލަފުށި.. ފޮޓޯ: މިހާރު
ހަބަރު 19 Feb 2023 | 19:04

ބޭރު ފަރާތެއްނަމަ ތިލަފުށިން ބިން ދޫކުރާނީ ކުއްޔަށް، ރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކޮށްފައި އޮތުން ލާޒިމު: އެޗްޑީސީ

ތިލަފުށިން ބީލަމުގެ އުސޫލުން ބިން ދޫކުރާއިރު ބޭރު ފަރާތްތަކަށް ބިން ދޫކުރާނީ ކުއްޔަށް ކަމަށާއި، އަދި އެފަދައިން ބިންތައް ދޫކުރާނީ ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީއިން ކޮށްފައިވަނާ އިއުލާނެއްގައި ބުނެފައިވަނީ ތިލަފުށިން 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ބިންތަކުގެ ތެރެއިން 4.3 ހެކްޓަރު (ވަކި 50 ޕްލޮޓެއްގެ ގޮތުގައި) ބީލަމުގެ އުސޫލުން ދޫކުރުމަށް 2023 ފެބުރުއަރީ 7 ވަނަ ދުވަހު އެ ކުންފުނިން އިއުލާނު ކޮށްފައިވާ ކަމަށެވެ.

އެ ބިންތައް ދޫކުރުމުގައި 100 ޕަސެންޓު ދިވެހި ކުންފުނިތަކަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ ބޭރުގެ ފަރާތްތަކަށް އެ ބީލަމުގައި ބައިވެރިވެވޭނީ އެ ވިޔަފާރިތަކަކީ ސަރުކާރުގެ ފޮރިން ޑިރެކްޓު އިންވެސްޓުމަންޓު ޕޮލިސީގެ ދަށުން އެފަރާތްތަކުން ކުރަން ގަސްދުކުރާ ވިޔަފާރިއަކަށް ހުއްދަ އޮތް އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ކަމަށެވެ. އެފަދަ ކުންފުނިތަކަށްވެސް ބިން ދޫކުރާނީ ކުއްޔަކަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ޕްރޮޖެކްޓު ބޭސިސްގައި ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގުމަށް ހުއްދަދެވިފައިވާ ކުންފުނިތަކަށް އެ ބީލަމުގައި ބައިވެރިއެއް ނުވެވޭނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެޗްޑީސީން ބުނީ ބިން ކުއްޔަށް ނެގުމަށް ހުށައަޅާ ބޭރުގެ ކުންފުނިތަކުން ބިން ބޭނުންކުރުމަށް ހުށައަޅާފައިވާ އިންޑަސްޓްރިއަލް ބޭނުންތަކަކީ އެފަރާތްތަކަށް އެފް.ޑީ.އައި ޕޮލިސީގެ ދަށުން ހުއްދަދެވިފައިވާ ވިޔަފާރި ބޭނުންތަކެއްތޯ އެ ކުންފުނިން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއެކު މަސައްކަތްކޮށްގެން ބީލަމުގެ ޕްރޮސެސްގެ ބައެއްގެ ގޮތުގައި ވެރިފައި ކުރާނެކަށެވެ.

ތިލަފުށިން ބިން ދޫކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގައި ސިނާއީ މަސައްކަތްތައް ކުރުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދާދިނުމުގެ ގޮތުންނާއި، އެފަދަ ފުރުސަތުތަކުގެ ތެރެއިން އިޤްތިޞާދީ އާ މަސައްކަތްތަކަށް ޖާގަ ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މަސައްކަތެއްކަމަށް އެ ކުންފުން ވަނީ ބުނެފައެވެ.

އެފަދަ ވިޔަފާރިތަކުން ރައްޔިތުންނަށް ފޯރުކޮށްދެވޭ އެކިއެކި ޚިދުމަތްތަކަށްވެސް ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރެވޭކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.