ރައީސް ޞާލިހު ސިންގަޕޫރަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ސިންގަޕޫރަށް ވަޑައިގަންނަވާނެއެވެ.
އެގޮތުން މިއަދު ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރި ޓްވީޓެއްގައި މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމަށް ވިދާޅުވެފައިވެއެވެ. މި ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.
މީގެ ކުރިންވެސް ރައީސް ޞާލިހު ވަނީ ސިންގަޕޫރަށް އެކި ފަހަރު މަތިން ވަޑައިގެންފައެވެ. އެގޮތުން ރައީސް ޞާލިހް އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އަދި ހަމަ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެމަނިކުުފާނު ވަނީ ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށްޓަކައި އެޤައުމަށް ވަޑައިގަންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް